އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 8218 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.
އެޑކިޔުކޭޝަން މިނިސްޓްރީން ބުނީ، ސަނަވީ ނިންމާ އިމްތިޙާން މި އަހަރު 267 ސެންޓަރެއްގައި ދަރިވަރުން އިމްތިޙާނު ހަދަމުންދާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ 246 ސެންޓަރާއި މާލޭގެ 21 ސެންޓަރެވެ.
މިދިޔަ އަހަރު ބޭއްވި ސާނަވީ ނިންމާ އިމްތިޙާނުގައި 8362 ދަރިވަރުން ބައިވެރިވެފައިވެއެވެ. ކެމްބްރިޖް އައިޖީސީއީ އޯލެވެލް އިމްތިޙާނުގައި މިދިޔަ އަހަރު ބައިވެރިވީ 7666 ދަރިވަރުންނެވެ. އެސްއެސްސީ އިމްތިހާނު ބައިވެރިވީ 7519 ދަރިވަރުންނެވެ.
އޯލެވެލް އިމްތިޙާނުގައި ރާއްޖޭގެ ސްކޫލަކުން ބައިވެރިވާނަމަ ފީ ދައްކައި ދެމުން އަންނަނީ ސަރުކާރުންނެވެ. ސަރުކާރުން ފީ ދައްކަމުން އައި އުޞޫލަށް އެޑިޔުކޭޝަން މިނިސްޓްރީން 2023 ވަނަ އަހަރުގެ ތެރޭގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގެނައި ބަދަލާއެކު ކޮންމެ ދަރިވަރަކު ވެސް މަޖުބޫރު 4 މާއްދާގައި ބައިވެރިވާން ޖެހެއެވެ. ދަރިވަރުން ބައިވެރިވާ މާއްދާތަކަށް އެ ބަދަލު ގެނައުމުގެ ކުރިން ފީ ދައްކަމުން އައީ މޮކް އެގްޒާމުން ފާސްވާ ދަރިވަރުންނަށެވެ. މޮކްއެގްޒާމުން ފާސްނުވާ ދަރިވަރުން އިމްތިޙާނުގައި ބައިވެރިވާން ފީ ދައްކަން ޖެހެނީ އަމިއްލައަށެވެ. އޯލެވެލް އިމްތިޙާނުގެ މަޖުބޫރު 4 މާއްދާގެ ގޮތުގައި ކަނޑައަޅާފައި ވަނީ އިސްލާމާއި ދިވެއެއްސާއި އިނގިރޭސިގެ އިތުރުން ހިސާބެވެ.
ސާނަވީ ނިންމާ އިމްތިހާނުގައި 24 ވަނަ އަހަރު 7،501 ދަރިވަރުން ބައިވެރިވެރިވެފައިވެއެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިދިޔަ އަހަރު ހެދީ 256 ސެންޓަރެއްގައެވެ.
advertisment
ހިޔާލު