ފަތިސް ނަމާދުން ދުވަސް ފެށުމަށް ކިޔަވާ ކުދިންނަށް ރައީސް ޑރ. މުޙައްމދު މުއިއްޒުގެ އިލްތިމާސް ކުރައްވައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޝަހީދު އަލީ ސްކޫލް ހުޅުއްވައި ދެއްވައި، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ސާބިތުވެތިބޭ ބަޔަކަށްވާއިރު، އަޅުގަނޑުމެން ވާންޖެހޭނީ އަބަދުވެސް އެކަން ހަނދާންކޮށް އިސްލާމް ދީނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް ކަންކަން ތަރުތީބުކޮށް ކޮންމެ ދުވަހެއް ކޮންމެ ވަގުތެއްވެސް އެގޮތުގައި ހޭދަކުރާ ބަޔަކަށެވެ.
"ފަރުޟު ނަމާދުކުރަން ހުރިހާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ވަގުތުން ވަގުތަށް ނަމާދުކުރުމަށް. ފަތިސް ނަމާދަށް ގަޑިއަށް ހޭލައި ފަތިސް ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ކިޔަވާ ކުދިންނަށް އަޅުގަނޑު އިލްތިމާސް ކުރަން" ރައީސް ވިދާޅުވިއެވެ.
މައިންބަފައިންގެ ކިބައިން ވެސް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވީ، ހުރިހާ ކިޔަވާ ކުދިން ދުވަސް ފަށަނީ ފަތިސްނަމާދުންކަން ޒިންމާއެއްގެ ގޮތުގައި ކަށަވަރުކުރުމަށެވެ.
ދީނުގައި ކަންތައްތައް އޮންނަނީ ހަމައެކަނި ފޮތެއްގައި ލިޔެފައިއެއް ނޫން ކަމަށާއި އެކަންކަމަކީ ޒިންމާއެއްގެ ގޮތުގައި އަމަލީ ގޮތުން ކޮންމެ ދުވަހަކު ކުރުމަށްޓަކައި އޮންނަ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.
"ދުވަސް ފަށަން އޮންނަ ގޮތަށް ފަށައި އޭގެ ބޭނުން ހިފޭގޮތަށް ސްކޫލްތަކުގައި ވެސް ކަންތައް އިމްތިޒާމް ކުރެވިފައި ހުންނަންވާނީ" ރައީސް ވިދާޅުވިއެވެ.
ދިރާސީ އައު އަހަރު މިއަދު ފެށިއިރު، ސަރުކާރުގެ 219 ސްކޫލުގައި 80،715 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
އެމަނިކުނު ވަނީ އެ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށް ވެސް ތަހުނިޔާ ދަންނަވާފައެވެ.
advertisment
ހިޔާލު