ދިރާސީ އައު އަހަރު ގުރޭޑް 1އަށް ވަން ކުދިންގެ އަދަދު 4700 އަށް

ދިރާސީ އައު އަހަރު ގުރޭޑް 1އަށް ވަން ކުދިންގެ އަދަދު 4700 އަށް

ދިރާސީ އައު އަހަރު މި މަހު 27ގައި ފަށާއިރު، ގުރޭޑް 1އަށް ވަން ދަރިވަރުންގެ އަދަދު 4790 އަށް އަރާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ދިން މައުލޫމާތުތަކަށް ބަލާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުގެ ގުރޭޑް 1އަށް 3،042 ދަރިވަރުން ވަދެފައިވެއެވެ. މާލޭގެ ސްކޫލްތަކުގެ ގުރޭޑް 1އަށް ވައްދާފައި ވަނީ 1،748ދަރިވަރުންނެވެ.

އަތޮޅުތަކުގެ ސްކޫލުތަކުން މާލޭގެ ސްކޫލްތަކަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު، މާލޭގެ ސްކޫލުތަކުން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރަކު ބަދަލުވެފައިވެއެވެ.

މާލޭގެ ސްކޫލްތަކުގެ ޖާގައަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ހޯދުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލުގައި 1900 ކުދިން ކިޔަވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *