ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު ޚާލިދު ނިޔާވެއްޖެ

ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) މިއަދު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ، ހާލުދެރަވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާތާ ދުވަސްތަކެއްވި ފަހުންނެވެ.

ސްކައުޓް ހަރަކާތް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ގިނަ ޚިދުމަތް ކުރައްވައި، ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުކަން ވެސް ކުރެއްވި ޚާލިދު ނިޔާވުމާ ގުޅިގެން އެ އެސޯސިއޭޝަނުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

ސްކައުޓް އެސީސިއޭޝަނުންގެ މެސެޖްގައި ބުނެފައިވަނީ، ޚާލިދު ވަނީ، ސްކައުޓް ހަރަކާތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި އޭނާގެ ވަކިވެދިއުމުން ފޫނުބެއްދޭނެ ވަރުގެ ބޮޑު ހުސްކަމެއް ލިބިފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *