އޭލެވެލް ނިންމި ދަރިވަރުންނަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން "ވަން ސްޓޮޕް އެޑްމިޝަން"ގެ ނަމުގައި އެ ޔުނިވަރސިޓީއަށް ކިޔަވަން ވަންނަން ބޭނުންވި ކުދިންނަށާއި ކެރިއަރގައިޑެންސް ދިނުމަށް ބޭއްވި ހަރަކާތް ނިންމާލައިފިއެވެ.
ފެބުރުވަރީގައި ފަށާ ފުރަތަމަ ޓާމުގެ ކޯސްތަކުގެ މައުލޫމާތާއި އަދި ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެ ހަރަކާތް ކުރިއަށް ގެންދިޔައީ މަހުގެ 15 ވާ ބުރާސްފަތި ދުވަހާއި 18-19 ވަނަ ދުވަހު ދުވަހު އެ ޔުނިވަރސިޓީގެ މައިމަރުކަޒުގެވެ.

ކެރިއަރ ގައިޑެންސް ސެޝަން ނިންމާލާފައިވަނީ، ދަރިވަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކުން ވަރަށް މުހިންމު މަޝްވަރާތަކެއްގައި ބައިވެރިވެ، އެކުދިންގެ ތަޢުލީމީ އަދި ކެރިއަރ ނިންމުންތައް ނިންމުމުގައި އެހީތެރިވުމަށް އެހީތެރިވެދޭނެ ލަފަޔާއި އިރުޝާދުތައް ދީފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މި ހަރަކާތުގެ އެންމެ ބޮޑު މަޤްސަދަކީ، ތަޢުލީމީ ހުވަފެން ހަޤީޤަތަކަށް ހަދަން ބޭނުންވާ ފަރާތްތަކަށް، އެއް ތަނަކުން، އެއް ފަހަރާ ޔުނިވަރސިޓީއަށް ވަނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުމެވެ.

މި ހަރަކާތުގެ ތެރޭގައި، ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި، އޯލެވެލް އަދި އެހެނިހެން ނަތީޖާތަކަށް ބެލުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދީފައިވެއެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވި ފަރާތްތަކާ ހިއްސާކުރިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެވެން ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، ޓީޗިންގ، ފިޝަރީސް، ނަރސިންގ، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިންގ، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ، ލޯ، އަދި މެޑިސިން ހިމެނެއެވެ. މިފަދަ ރަނގަޅު ފުރުސަތެއްގެ ބޭނުން ހިފުމަށް އެންމެހާ ޝައުޤުވެރިވާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވާތީ، ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެ އިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް އެ ފުރުޞަތު އޮތީ ހުޅުވާލެވިފައެވެ.
advertisment
ހިޔާލު