މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ފިޔަވަޅު އެޅީ ގަވާއިދަށް އަމަލުކުރުމުގެ ކުރިން ކުރިއަށް ގެންދިޔަ އެޕްލިއޭޝަންތަކާމެދު އަމަލުކުރާނެ ގޮތުގެ ލަފައަކަށް އެދިފައިވަނިކޮށް ކަމަށް އެވިޑް ކޮލެޖުން ބުނެފިއެވެ.
އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ ނަސޭހަތުގެ ފިޔަވަޅެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން އެޅުމާ ގުޅިގެން އެވިޑް ކޮލެޖުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
އެވިޑު ކޮލެޖުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު (ނަންބަރު: 2022/R-77) އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ނަންބަރު: 2025/R-89) އާ ޚިލާފްވާގޮތަށް އެވިޑް ކޮލެޖުން ދިވެހިރާއްޖޭން ބޭރުގައި ޕްރޮގްރާމެއް ނުހިންގާ ކަމަށެވެ. އެހެންނަމަވެސް ސްރީލަންކާގެ ބައެއް ޕާރޓްނާރ ކޮލެޖްތައް އެގައުމުގެ ކަމާބެހޭފަރާތް ތަކުން އެވިޑްގެ ޕޮރޮގްރާމް ތަކުގެ ހުއްދަހޯއްދަވައި، އެވިޑް ކޮލެޖަކީ، ޔޫ ޖީ ސީ އިން ގަބޫލް ކުރައްވާ ތަނަކަށް ވުމާއެކު އެ އުސޫލުގެ ދަށުން އެ ބޭފުޅުން ހިންގަވަމުން ގެންދެވީ ގަވާއިދު ނަންބަރު: 2025/R-89) އާންމުކުރުމުގެ ކުރިންނެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމް ތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ނަންބަރު: 2025/R-89) 10 ސެޕްޓެމްބަރ 2025 ގައި ގެޒެޓް ކުރެވުމާއި އެކު، 14 ސެޕްޓެމްބަރ 2025 ގައި އެވިޑް ކޮލެޖުން ވާނީ މި ކޮލެޖްގެ ޕާރޓްނަރ ކޮލެޖް ތަކަށް އުސޫލް އެއް ކަނޑަ އަޅައިފިކަން އަންގާ، އެއާއެއްގޮތަށް ކަންކަން ގެންދިއުމަށް އަންގާފައެވެ. އަދި މިމައުލޫމާތު ވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ތަކުރާރުކޮށް ހިއްސާކޮށްފައިވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެވިޑްކޮލެޖްގެ ޕާރޓްނާރ ކޮލެޖްތައް ސްރީލަންކާގައި ހުރި ކަމުގައިވިއަސް، ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީސް، އަކީ އެވިޑް ކޮލެޖްގެ އެފިލިއޭޓެޑް ޕާރޓްނާރ އެއް ނޫން ކަމަށާއި އެމްކިޔުއޭއިން ނެރުނު ނޫސް ބަޔާނުގައި ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީސް، ގެ ނަން އޮތުމުން އެފަރާތުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އަދި އެ ކޮލެޖްގެ ނަން ކިލަނބު ވުމާގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމާމެދު މަޝްވަރާ ކުރަމުންދާކަން ހާމަ ކޮށްފައިކަން އެ ބަޔާނުގައި ބުނެފައިވެއެވެ.
"އެވިޑް ކޮލެޖުން ވާނީ ނުހަނު ދެފުއްފެންނަ ގޮތަށް ކޮލެޖް ގެ ޕާޓްނާ ކޮލެޖްތައް ރާއްޖޭން ބޭރުގައި ހުންނަކަމާ އަދި ގަޥާއިދު (ނަންބަރު: 2025/R-89) ގެޒެޓް ކުރުމާއެކު އެގަވާއިދަށް ތަބާވާނެކަން އަންގައި އަދި ގަވާއިދު ގެކުރިން ކުރިޔަށް ގެންދިޔަ އެފިލިއޭޝަން ތަކާމެދު ކަންކުރާނެ ގޮތުގެ ލަފައަކަށް ވެސް އެދިފައި" އެވިޑް ކޮލެޖުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް، އެވިޑް ކޮލެޖްގެ ނަން ކިލަނބު ވާގޮތަށް، 3 ޖެނުއަރީ 2026 (ހޮނިހިރު) ވީ ސަރުކާރު ބަންދު ދުވަހެއްގައި، ނަންބަރު (PR)218-Admin/218/2026/1 ނޫސްބަޔާން ނެރި، ޖެހިގެން އައި ދުވަހު 4 ޖެނުއަރީ 2026، ގައި ކުރިން ނެރުނު އާންމު އިއުލާން ނަންބަރު: 2(PR)218-Admin/218/2026/ 4 ޖެނުއަރީ 2025 (އާދިއްތަ) ކަމަށް ބަޔާންކޮށް، އާންމުންނަށް އޮޅޭފަދަކޮތަކަށް އިއުލާން ނަންބަރާ ތާރީޚް ގައި ކުށް ހިމެނޭ ގޮތަށް، އިއުލާން ނަންބަރު 3/(PR)218-Admin/218/2026 4 ޖެނުއަރީ 2026 ގައި އާންމު ކުރައްވާފައެވެ. މިއީ ކަންކަން އަވަސްކޮށް، އޭގެ ފުންމިނަށް ނުބައްލަވާ، އެއްވެސް ޒިންމާދާރުކަމެއް އަދި އަހައްމިއްޔަތުކަމެއް ނެތި، ގޯސް ނިޔަތެއްގައި، އިހުމާލުވެ، ގެއްލުން ދިނުމުގެ މަގްސަދުގައި ރޭވުންތެރިކަމާއެކު ހިންގަވާ ކަންތައްތަކެއް ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެވިޑް ކޮލެޖުން ބުނެފައިވާ ގޮތުގައި، އުސޫލެއް ކަނޑައެޅުމުގެ ކުރިން ރާއްޖޭން ބޭރުގެ ޕާޓްނާ ވެފާވާކޮލެޖްތަކާ ބެހޭ ކަންކަމާ ބެހޭގޮތުން އެމް ކިޔޫ އޭ އާ ބައްދަލުކޮށް އެފަރާތުން ވަނީ ގޮތެއް ކަނޑައަޅާފައި ކަމަށެވެ. ނަމަވެސް އުސޫލް ގެޒެޓް ކުރުމުގެ ފަހުން އެ ފަދަ ކަމެއް ކުރިޔަށް ދިޔަތޯ ބެއްލެވުމެއްނެތި އެވިޑް ކޮލެޖްފަދަ ތައުލީމާއި ތަމްރީނުގެ ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ފިޔަވަޅު އެޅުމަކީ ބޭއިންސާފުން އަދި އަދާލާތުގެ ހަމަތަކާއި ހިލާފަށް އަނިޔާ ދިނުންކަމުގައި އެވިޑް ކޮލެޖުން ދެކެމެވެ. އަދި އާންމު މުޖުތަމަޢުގެ ނަޒަރުގައި، އެވިޑް ކޮލެޖުގެ ނަން ކިލަނބު ކުރުމުގެ އަމަލެއް ކަމަށެވެ.
އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން އެވިޑް ކޮލެޖާމެދު އަމަލުކުރަމުންދާ ގޮތާއި، ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބައެއް ގަވާއިދުތަކާއި އެގަވާއިދުތަކުގެ ބައެއް މާއްދާތަކާއި ގުޅޭގޮތުން، އެވިޑް ކޮލެޖުގެ ފަރާތުން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަޝްވަރާ ކުރެވެމުންދާކަމުގައި ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު