"އިޤްރައުލް ޤުރްއާން"ގެ ނަމުގައި ޤުރްއާން ޚަތިމް ކުރުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ފޭދޫގައި ފަށަން ނިންމައިފިއެވެ.
މިއީ، ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި، ފޭދޫ އަވަށު އޮފީހާއި އަލް-މަނާރު ގުޅިގެން ފޭދޫގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަކޮށްގެން "އިޤްރައުލް ޤުރްއާން"ގެ ނަމުގައި ކުރިއަށް ގެންދާ ކީރިތި ޤުރްއާން ޚަތިމް ކުރުމުގެ ޕްރޮގްރާމެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައވާ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ބައިވެރިވެނީ ފޯމެއް ހުށައަޅައިގެންނެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ 08 ޖަނަވަރީ 2026 އިން 23 ޖަނަވަރީ 2026ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފޭދޫ ގައި ދިރިއުޅޭ އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ، ބަލައިގެން ޚަތިމުން ކިޔަވަން އެނގޭ ދަރިވަރުންނަށެވެ. ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 07 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 14:00އެވެ.
https://forms.gle/X2ZyjRwLP9Rr2HWM9
advertisment
ހިޔާލު