އިހަވަންދޫ ސެންޓަރުގައި އަންނަ އަހަރު ފުރަތަމަ ޓާމުގައި ހިންގާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެމްއެންޔޫއިން ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން ބުނީ، އަލަށް ތަޢާރަފު ކުރާ މި ކޯސްތައް ބިނާކޮށްފައި ވަނީ، ތަޢުލީމީ ދާއިރާއާއި މެނޭޖްމަންޓާއި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއާއި ޤާބިލު މާހިރުންގެ ބޭނުންތެރިކަން އިތުރުވަމުންދާތީ އެ ބޭނުންތައް ފުއްދުމަށެވެ.
އިހަވަންދޫ ސެންޓަރުގައި ހިންގާ ކޯސްތަކަކީ:
- އެޑްވާންސް ސެޓްފިކެޓް އިން އެޑިޔުކޭޝަން ( ތައުލީމީ މެނޭޖްމަންޓް އަދި ލީޑަރޝިޕް)
މި ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހަށް، (2 ސެމެސްޓަރ)
- މާސްޓަރސް އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ލީޑަރޝިޕް)
ފުލްޓައިމް (ބްލެންޑެޑް) އެއް އަހަރު ދުވަހަށް، (2 ސެމެސްޓަރ)
- އެޑްވާންސް ސެޓްފިކެޓް އިން މެނޭޖްމަންޓް
ފުލްޓައިމްކޮށް އެއް އަހަރު ދުވަހަށް، (2 ސެމެސްޓަރ)
- ބެޗްލަރ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓް
ފުލްޓައިމްކޮށް (ބްލެންޑެޑް) ތިން އަހަރު ދުވަހަށް، (6 ސެމެސްޓަރ)
އެމްއެންޔޫއިން ބުނީ، މި ކޯސްތަކަކީ ތަޢުލީމީގޮތުން ފުންކޮށް ދިރާސާކުރުމާއި އަމަލީ ތަޖުރިބާ އެއްކޮށްލާފައިވާ ޕްރޮގްރާމްތަކެކެވެ. މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ވަކި ކޯސްތަކަށް ބްލެންޑެޑް އޮޕްޝަން ހަމަޖައްސާފައިވާ ކަމަށެވެ.
އެމްއެންޔޫއިން ބުނީ އެ ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރުތަކުން، ސަރަހައްދީ ތަޢުލީމުގެ ހަރުދަނާކުރުމާއި ކެރިއަރުގެ ކުރިއެރުމަށް އެހީތެރިވުމާއި ޤައުމީ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އިހަވަންދޫ ސެންޓަރުގައި ހިންގާ ކޯސްތަކުގެ ތަފުޞީލުތައް އެ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
advertisment
ހިޔާލު