އުނގޫފާރު އައުޓްރީޗް ސެންޓަރުގައި އެމްއެންޔޫއިން ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އުނގޫފާރު އައުޓްރީޗް ސެންޓަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އަލަށް ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އުނގޫފާރުގެ އައުޓްރީޗް ސެންޓަރުގައި ކުރިއަށް ގެންދަން ހުޅުވާލީ:

އެޑްވާންސް ސެޓްފިކެޓް އިން އެޑިޔުކޭޝަން

އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ

ސެޓްފިކެޓް 4އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް)

ސެޓްފިކެޓް 4އިން ފައުންޑޭޝަން ސްޓަޑީޒް (ބިޒްނަސް)

ސެޓްފިކެޓް 4އިން ފައުންޑޭޝަން ސްޓަޑީޒް (ހިއުމަނިޓީޒް)

މި ކޯސްތަކުގެ ކިޔެވުން ކުރިއަށް ގެންދަނީ ފުލްޓައިމްކޮށެވެ. މުއްދަތަކީ އެއް އަހަރު ދުވަހެވެ.

އެމްއެންޔޫއިން ބުނީ، މި ޕްރޮގްރާމްތަކަކީ ރ. އުނގޫފާރާއި ވަށައިގެންވާ ރަށްރަށުގެ ރައްޔިތުންގެ ތަޢުލީމީ އަދި ފަންނީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކޯސްތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންނަށް މަތީ ތަޢުލީމު  ހާޞިލްކުރުމާއި ވަޒީފާގެ ފުރުޞަތުތަކަށް ބޭނުންވާ ހުނަރުތަކާއި ޤާބިލުކަން ލިބިގެންދާނެ ޕްރޮގްރާމްތަކެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *