ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އޮފް މޯލްޑިވްސް (އެންއައިސީ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޝުއައިބު އަބްދުއްރަހްމާނެވެ. މި އެއްބަސްވުމުގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންޑޭޓާއި ސްޓްރެޓީޖިކް ޕްރިއޮރިޓީއާ ގުޅޭ ރިސާޗް އިނީޝިއޭޓިވްތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް އެކުލަވާލާނެއެވެ. އެއްބަސް ވުމުގެ ދަށުން ދެ މުއައްސަސާގެ އަމާޒަކީ އެވިޑެންސް ބޭސްޑް ޕްރެކްޓިސްތައް ކުރިއެރުވުމަށާއި، އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އިތުރުކޮށް، ގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ތަރައްގީ ކުރުމަށް އެހީތެރިވެދިނުމެވެ.

އަދި އެމްއެންޔޫ އާއި އެންއައިސީ ގުޅިގެން ރިސާރޗް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމާއި، އެތިކަލް، ކޮންފިޑެންޝަލިޓީ އަދި ޑޭޓާ ޕްރޮޓެކްޝަން ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޢުލޫމާތާއި ޑޭޓާ ބަދަލުކުރުމާއި، ގުޅިގެން ތަފާތު އެކި ޙަރަކާތްތައް ހިންގުމަށް ވަނީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ރިސާޗް ޕްރޮގްރާމްތަކާއި، ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް އިނީޝިއޭޓިވްސް، އޮން ދަ ޖޮބް ޓްރެއިނިންގ ފުރުސަތުތަކާއި، ވޯކްޝޮޕްތަކާއި، ސެމިނަރތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތައް ހިމެނެއެވެ.
މި ފަހުމުނާމާގެ ސަބަބުން އެންއައިސީ ގުޅިގެން ދިރާސާތައް ކުރިއެރުވުމަށާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި، ޤައުމީ ތަރައްޤީއަށް އެއްބާރުލުން ދިނުމުގައި ދެ މުއައްސަސާގެ މެދުގައި އޮތް ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.


advertisment
ހިޔާލު