ޕާރލޭ ފޯ ދަ އޯޝަން ޖަމިއްޔާ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގުނު އެއރ ޗެލެންޖު ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ އެންމެ ފުރަތަމަ ހާސިލްކުރި ސްކޫލަކަށް ކެޔޮދޫ ސްކޫލްވެއްޖެއެވެ.
އެއަރ ޗެލެންޖަކީ އުކާލެވޭ ޕްލާސްޓިކް އެއްކުރުމަށް ހިންގޭ ކެމްޕޭނެކެވެ. މި ކެމްޕޭނު ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ކުރިއަށް ގެންދިޔައިރު، ކެޔޮދޫ ސްކޫލުން ވަނީ އެއަރ ޗެލެންޖްގެ ފުރަތަމަ މަރުހަލާގައި 12795 ކިލޯގެ ޕްލާސްޓިކް ޕާލޭއާ ހަވާލުކޮށްފައެވެ. ޕާރލޭގެ އެއަރ ޗެލެންޖު ޕްރޮގްރާމް ކުރިޔަށް ގެންދަނީ 3 މަރުހަލާއަކަށް ބަހާލެވިގެންނެވެ.

ފުރަތަމަ މަރުޙަލާއިން އެއްވަނަ ހޯދި ކެޔޮދޫ ސްކޫލަށް މަރުޙަބާ ދެންނެވުމަށް ޚާއްޞަ ހަރަކާތެއް މިއަދު ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި އިނާމެއްގެ ގޮތުން އައުޓްޑޯ ސައުންޑްސިސްޓަމެއް ކެޔޮދޫ ސްކޫލަށް ވަނީ ހަދިޔާއެއްގެ ގޮތުގައި ދީފައެވެ. މި އިނާމް ދެއްވީ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ސްކޫލްތަކަށް އަމާޒުކޮށްގެން ޕަރލޭ މޯލްޑިވްސް އިން ކުރިއަށްގެންދާ އެއަރ ޗެލެންޖްގެ ފުރަތަމަ މަރުހަލާ އެންމެ ފުރަތަމަ ކާމިޔާބުކުރި ކެޔޮދޫ ސްކޫލާ، މި މަރުހަލާއަށް ކަނޑައެޅިފައިވާ އިނާމް ހަވާލު ކުރުމަށް ބޭއްވި ޙަފްލާ.
އެއަރ ޗެލެންޖްގެ ފުރަތަމަ މަރުހަލާގައި 12795 ކިލޯގެ ޕްލާސްޓިކް ކިރައިގެން ކެޔޮދޫ ސްކޫލަށް ވަނީ އައުޓްޑޯ ސައުންޑްސިސްޓަމެއް އިނާމެއްގެ ގޮތުގައި ލިބިފައި.
މިކަމަށްޓަކައި ކެޔޮދޫ ސްކޫލްގައި މިއަދު ބޭއްވި ޚާއްސަ ޙަފްލާ ޝަރަފްވެރިކޮށް ދެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

ޕާރލޭ އެއަރ ޗެލެންޖް ޕްރޮގްރާމުގެ މަޤުޞަދަކީ ތިމާވެއްޓާއި އަދި ޚާޞްކޮށް ކަނޑުފަޅުތަކާއިމެދު ދަރިވަރުން އަހުލުވެރިކުރުވައި، ތިމާވެށި އަދި ކަނޑުތައް ރައްކާތެރިކުރާނޭ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދީ މި ތަންތަނާއިމެދު ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމެވެ.
މި ޙަރަކާތް ފެށީ " ރީފް އެންޑް މީ" ނަމުގައި ބޭއްވުނު ސްނޯކްލިން ދަތުރަކުންނެވެ. މިގޮތުން މި ސްނޯކްލިންގ ބޭއްވުނީ ކެޔޮދޫ ކައިރީގައި އޮންނަ " ޝިޕްރެކް" ( އަސްލު ބްރޭކް) ސަރަހައްދުގައެވެ. މި ދަތުރުގައި އެޑިއުކޭޝަން މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ޕާރލޭ ފޮރ ދަ އޯޝަން ޖަމިއްޔާގެ މެންބަރުން، ކެޔޮދޫ މުއައްސަސާތަކުގެ އިސްވެރިން، ވ. ޕޮލިސް، ކެޔޮދޫ ޕޮލިސް، ކެޔޮދޫ ގެސްޓް ހައުސްތައް، ކެޔޮދޫ ސްކޫލުގެ 20 ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުރުން ކެޔޮދޫ ސްކޫލުގެ ޓީޗަރުން ބައިވެރިވެފައި ވެއެވެ.
advertisment
ހިޔާލު