ރިސާޗް ކުރުމަށާއި ފޮތް ލިޔަން އެމްއެންޔޫއިން 14 ފަރާތަކަށް 2.3 މިލިއަން ރުފިޔާ

ރިސާޗް ކުރުމަށާއި ފޮތް ލިޔަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 14 ފަރާތަކަށް 2.3 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

އެހީ ދިނުމަށް އެމްއެންޔޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި މަލީ އެހީގެ ލިޔުން ހަވާލުކޮށް ދެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ރިސާރޗް ސަގާފަތެއް ކުރިއެރުވުމަށް ހިލޭ އެހީ ދީފިއެވެ. 2014 ވަނަ އަހަރު އުފެއްދި މި ގްރާންޓްތަކަކީ ގައުމީ ތަރައްގީއަށް އިސްކަންދޭ އިލްމީ ދިރާސާތަކާއި އެކަޑެމިކް ފޮތްތައް ލިޔުމަށް އެހީތެރިވުމުގެ ގޮތުން ދޭ އެހީއެކެވެ.

ރިސާޗް ގްރާންޓް ދީފައި ވަނީ ދިހަ ފަރާތަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ފޮތް ލިޔަން ހަތަރު ފަރާތަކަށް ދިނީ 300،750 ރުފިޔާއެވެ.

2014 ވަނަ އަހަރުން ފެށި މާލީ އެހީތެރިކަމަކީ، ޤައުމީ ތަރައްޤީއަށް އިސްކަންދޭ ޢިލްމީ ދިރާސާތަކާއި އެކަޑެމިކް ފޮތްތައް ލިޔުމަށް އެހީތެރިވުމުގެ ގޮތުން ދޭ އެހީއެކެވެ. އެމްއެންޔޫ ޔުނިވަސިޓީ ރިސާޗް ގްރާންޓްސް (ޔޫއާރްޖީ) އަދި ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓްސް (ޔޫބީޑަބްލިޔުޖީ) ޕްރޮގްރާމްތައް މެދުވެރިކޮށް، ކޮންމެ އަހަރަކުވެސް އެމްއެންޔޫގެ އެކަޑަމިކް އަދި އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނަށް ރިސާރޗް ސްކިލްސް ކުރިއެރުވުމަށާއި، ޕްރެކްޓިކަލް ސޮލިއުޝަންތައް ހޯދުމަށާއި، ޕޮލިސީ ރެކޮމެންޑޭޝަންތަކަށް ކޮންޓްރިބިއުޓް ކުރުމަށާއި، ޤައުމީ މުހިންމު ރިސާރޗް ދާއިރާތަކަށް އެޑްރެސް ކުރުމަށް އަހަރަކު ދެ ފަހަރު އެހީތެރިކަން ފޯރުކޮށްދެއެވެ.

ޔުނިވަރސިޓީ ރިސާރޗް ގްރާންޓްސް (ޔޫޖީޖީ) އާއި ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓްސް (ޔޫބީޑަބްލިއުޖީ) 2025 ގެ ދަށުން ރިސާރޗް ކެޕޭސިޓީ އިތުރަށް ފުޅާވެ، އީޖާދުތަކަށް ހިތްވަރުދީ، އެމްއެންޔޫގެ އެކަޑަމިކް އަދި އެޑްމިނިސްޓްރޭޓިވް މުވައްޒަފުންގެ މެދުގައި ނޮލެޖް ޝެއަރ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *