ށ. ގޮއިދޫ ސްކޫލުގެ ޕީޓީއޭގެ ފަރާތުން އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މުހިންމު ޕްރޮޖެކްޓްތައް ނިންމައި އިފްތިތާޙް ކޮށްފިއެވެ. ދީލަތި ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގެ ނިމުން ފާހަގަކުރީ އެ ސްކޫލުގެ 46 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގައެވެ.

އެޔޮއެދޭ ފަރާތްތަކުގެ އެހީގައި ހިންގި ޕްރޮޖެކްޓްތައް:
- ގްރީންހައުސް ޕްރޮޖެކްޓް: ފެނުގައި ގަސްއިންދައި ހައްދަން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ޕްރޮޖެކްޓަށް "ހައިޑްރޮފޮނިކްސް ސިސްޓަމް ހަދިޔާ ކުރެއްވީ ގޮއިދޫ ކައުންސިލުގެ ފަރާތުންނެވެ. ގްރީން ހައުސްގެ ފައުންޑޭޝަން އެޅުމަށް ބޭނުންވި އެހީތެރިކަން ދިނީ ޒެޑްއެމްއެސްގެ ފަރާތުންނެވެ. ގްރީންހައުސްއަށް ބޭނުންވާ ނެޓް ހަދިޔާ ކުރީ ޕްރައިމް ފާޓިލައިޒާސްގެ ފަރާތުންނެވެ.
- ކޮމްޕިއުޓަރ ލެބް އަޕްގްރޭޑް ކުރުން: މި ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދިނީ 2007ން 2015 އަހަރު ގޮއިދޫ ސްކޫލުން ކިޔެވައި ނިންމި ބެޗްގެ ދަރިވަރުންނެވެ. އެ ދަރިވަރުން 12 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮށްފައިވެއެވެ. އަދި ހެޔޮއެދޭ ފަރާތްތަކުން ތިން ކޮމްޕިއުޓަރު ސިސްޓަމާއި ކޮމްޕިއުޓަރު މޭޒު މި ޕްރޮޖެކްޓަށް ހަދިޔާކޮށްފައިވެއެވެ.

- ލައިބްރަރީ ޝެލްފް: މިއީ ޒެޑްއެމްއެސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
- އައުޓްޑޯ ރީޑިންގ ޕާކް: މިއީ ޑްރީމްސް ހޯމްގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ގޮއިދޫ ސްކޫލުން ބުނީ، މިއީ އެ ސްކޫލުގެ ދަރިވަރުންގެ އުނގެނުމަށް ކުރިއަށް ގެންދިޔަ މުހިންމު ޕްރޮޖެކްޓްތަކެއް ކަމަށާއި އެ ކަމުގެ ހެޔޮ އަސަރު ދަރިވަރުންގެ ކުރިއެރުމަށް ލިބިގެންދާނެ ކަމަށެވެ. އެހެންވެ އެ ޕްރޮޖެކްޓް ހިންގަން އެހީތެރިވި ހުރިހާ ފަރާތްތަކަށް އެ ސްކޫލުން ޝުކުރުއަދާކުރެއެވެ.
advertisment
ހިޔާލު