ދިރާސީ އައު އަހަރު ގުރޭޑް 1އަށް ވަންނަ ކުދިންނަށް މަރުޙަބާ ކިޔުމުގެ ޚާއްޞަ ހަރަކާތްތަކެއް

އަންނަ ދިރާސީ އައު އަހަރު ގުރޭޑް 1އަށް ވަންނަ ކުދިންނަށް މަރުޙަބާ ކިޔުމުގެ ޚާއްޞަ ހަރަކާތްތަކެއް ސްކޫލްތަކުން ފަށައިފިއެވެ.

ގުރޭޑް 1އަށް ވަންނަ ކުދިންނަށް ސްކޫލުގެ މާޙައުލު ދައްކާލައި އެ މާޙައުލަށް އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް މާލޭގެ ސްކޫލުތަކުގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުން ކުރިއަށް އެބަގެންދެއެވެ.

ބައެއް ސްކޫލުތަކުން ބުނީ ކޮންމެ އަހަރަކު ވެސް ގުރޭޑް 1އަށް ވަންނަ ކުދިންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އަހަރު ފެށުމުގެ ކުރިން އެފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށާއި ބޭނުމަކީ ސްކޫލް ފެށުމުގެ ކުރިން އެ ކުދިންނަށް ސްކޫލުތަކުގެ މާޙައުލު ދައްކާލާ ސްކޫލަށް ދިއުމަށް ހިތްޖެއްސުމާއި އެކުދިންގެ މޯޓިވޭޝަން އިތުރުކުރުން ކަމަށެވެ.

"މީގެ ސަބަބުން ސްކޫލާ މެދު އެކުދިން ދެކޭގޮތް ބަދަލުވޭ. ސްކޫލަށް އަންނަ ހިތްވުމާއި މޯޓިވޭޝަން އިތުރުކޮށްދޭ" މާލޭގެ ސްކޫލެއްގެ ލީޑިންގ ޓީޗަރަކު ވިދާޅުވިއެވެ.

"އޮރިއެންޓޭޝަން ސެޝަން ތަކުގެ ތެރެއިން ސްކޫލުގެ ހުރިހާ ތަނެއް އެބަ ދައްކަން. އެސްއެމްޓީއާ ބެލެނިވެރިންނާ ކުދިންނާ ވެސް ބައްދަލުވާނެ. ވަރަށް އުފާވެރި މާހައުލެއް ކުދިންނަށް ސްކޫލުން ފެނިގެންދާނީ"

އަލަށް ގުރޭޑް 1އަށް ވަންނަ ކުދިންނަށް ސްކޫލްތަކުން މަރުޙަބާ ކިޔަން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އޭގެތެރޭގައި ކުޅިވަރާއި ތަފާތު ވައްތަރުގެ ގޭމްތައް ވެސް ހިމެނެއެވެ. އެ ކުދިންނަށް ކިޔަވަނީ ވެސް ރަތްދޫލައިގެ މަރުހަބާއެކެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *