ސާކް ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ޑޮކްޓަރީކަން ކިޔަވަން 7 ފުރުޞަތަށް ހުޅުވާލައިފިއެވެ.
ބަންގުލަދޭޝަންގައި ކިޔަވާ މި ސްކޮލަރޝިޕްގެ ދަށުން އެމްބީބީއެސްއަށް ހަ ފުރުޞަތު ބީޑީއެސްއަށް އެއް ފުރުޞަތު ދީފައިވެއެވެ.
މި ސްކޮލަރޝިޕަށް، އޮންލައިން އެޕްލިކޭޝަން ހުށަހެޅަން ޖެހެނީ 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 12.00 ގެ ކުރިންނެވެ. އެޕްލިކޭޝަންގެ ހާރޑް ކޮޕީ ހުށަހެޅަން ޖެހެނީ 21 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުޠު ހަމަވާ ހުރިހާ ކެންޑިޑޭޓުން އެ ވުޒާރާއިން ނޮމިނޭޓް ކުރާނެއެވެ. ފައިނަލް ސެލެކްޝަން ހަދަނީ ބަންގްލަދޭޝް ހެލްތް ޕްރޮޓެކްޝަން އިންސްޓިޓިއުޓް (ބީއެޗްޕީއައި) ގެ ފަރާތުންނެވެ.
މި ސްކީމްގެ ދަށުން ކޯސް ފުރިހަމަކުރެވޭނެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ މަޢުލޫމާތާއި ސްކޮލަރޝިޕްގެ ދަށުން ހިނގާނޭ ޚަރަދުތަކުގެ ތަފްޞީލް މި އިޢުލާނާއެކު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުން ދިނުމަށް ކަނޑައެޅިފައިވާ ޚަރަދުތަކުގެ އިތުރުން ހިނގާ ޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓުން އަމިއްލައަށެވެ.
ސްކޮލަރޝިޕަށް ހުށައަޅާ ފަރާތްތަކުގެ ޝަރުޠަކީ،
- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް، 2021ގައި ނުވަތަ އޭގެ ފަހުން ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނެންވާނެއެވެ)
- ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް، 2023/2024 ގައި ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނެންވާނެއެވެ)
- ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހެކެވެ.
އެހެނިހެން ޝަރުތު
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވުން.
- އެދޭ ކޯހާއި ގުޅޭގޮތުން ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ފުރިހަމަވެފައިވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:
- މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
- އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.


advertisment
ހިޔާލު