ކުލާސްރޫމްތައް އޭސީ ކުރަން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރާނެ ބަޔަކު ސްކޫލުތަކުން ހޯދަނީ

ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ ކުރިން ކުރަން ޖެހޭ މަރާމަތުގެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ސްކޫލްތަކުން ފަށައިފިއެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށަންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކޫލާސްރޫމްތައް އޭސީ ހަރުކޮށްދޭން ސަރުކާރުން އޮތީ ނިންމާފައެވެ.

އޭސީ ހަރުކުރުމުގެ ކުރިން ކުލާސްރޫމްތަކުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރަން ކޮންމެ ސްކޫލަކުން އިއުލާން ކުރަމުން ދަނީ ވަކިންނެވެ. ކުލާސްތަކުގެ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލޭގެ ސްކޫލްތަކުން ވެސް އިއުލާން ކޮށްފައިވެއެވެ.

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މާލޭގެ ސްކޫލްތަކުން އިއުލާން ކޮށްފައި ވަނީ، ކްލާސްރޫމުތަކާއި ސްކޫލް ހޯލް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

ސަރުކާރުން ހިންގާ 217 ސްކޫލުގައި ހުރި 3،740 ކްލާސް ރޫމް އޭސީ ކުރަން ޖެހޭއިރު، މި އަހަރުގެ މެއި މަހުގެ ނިޔަލަށް އޭސީ ކޮށްފައި ވަނީ 401 ކްލާސްރޫމެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކޫލް ސްކޫލް ޕްރޮޖެކްޓް ސަރުކާރުން ފެށީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ކ. މާފުށީ ސްކޫލުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *