ބިލަބޮންގ ސްކޫލުގެ ވޯލްޑްފެސްޓް ބާއްވައިފި

ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ވޯލްޑްފެސްޓް ހަރަކާތް މި އަހަރު ވެސް އެ ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ގްރޭޑް 1ން 7 ގެ ދަރިވަރުން، މިއަހަރު ތެރޭގައި ކިޔެވި ފިލާވަޅުތަކަށް ނިސްބަތްކޮށް އެކުދިން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންތައް ދައްކާލަން ބާއްވާ ޙަރަކާތެކެވެ.

މިގޮތުން ތަފާތު ޤައުމުތަކުގެ މަޢުލޫމާތު ހިމެނޭ މި ހަރަކާތްތަކުގައި އެ ޤައުމަކާއި ގުޅޭ ސްޓޯލްތައް ތައްޔާރުކުރުމުގެ އިތުރުން ދަރިވަރުން ވަނީ އެޤައުމަކާއި ގުޅޭ ހެދުމުން ޒީނަތްތެރި ވެފައެވެ.

ވޯލްޑްފެސްޓްގައި މި އަހަރު، ގްރޭޑް 1 ތަމްސީލު ކުރީ މިސްރެވެ. ގްރޭޑް 2 ތަމްސީލު ކުރީ އޮސްޓްރޭލިއާއެވެ. ގްރޭޑް 3 އެފްރިކާ ތަމްސީލުކުރިއިރު ގްރޭޑް 4 ތަމްސީލު ކުރީ ދިވެހިރާއްޖެއެވެ. ގްރޭޑް 5ގެ ދަރިވަރުން ތަމްސީލުކުރީ އިންޑިޔާއާއި ސައުދީ އަރަބިއްޔާގެ އިތުރުން ޗައިނާއެވެ. ގްރޭޑް 6ގެ ދަރިވަރުން އިޓަލީ ތަމްސީލު ކުރިއިރު ގްރޭޑް 7ގެ ދަރިވަރުން ތަމްސީލުކުރީ ފްރާންސެވެ.

މި ޙަރަކާތުގައި ދަރިވަރުން ކިޔެވި އަދި ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންތައް ބެލެނިވެރިންނަށް ހުށަހަޅައިދިނެއެވެ. އަހަރު ނިންމާލުމުގެ މިޙަރަކާތަށް މެނެޖްމަންޓާއި ބެލެނިވެރިން ގުޅިގެންވަނީ ސްކޫލް ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ.

އެއްދުވަހުގެ މިޙަކާތުން ދަރިވަރުންގެ ހުށަހެޅުންތައް ފެނި ބެލެނިވެރިން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *