ޝަރަފުއްދީން ސްކޫލުގެ ކާމިޔާބީގެ ވާހަކަ ކިޔައިދޭން ޚާއްޞަ ގެލަރީއެއް އެ ސްކޫލުގައި ހުޅުވައިފި

ޝަރަފުއްދީން ސްކޫލުގެ ކާމިޔާބީގެ ވާހަކަ ކިޔައިދޭން ޚާއްޞަ ގެލަރީއެއް އެ ސްކޫލުގައި ހުޅުވައިފިއެވެ.

ޕީޓީއޭ ގެ އެހީގައި ސްކޫލުގެ ހުނަރުވެރި މުއައްޒަފުންގެ މަސައްކަތުން ތައްޔާރުކުރި ގެލަރީ ހުޅުއްވައި ދެއްވީ ޕީޓީއޭގެ މިދައުރުގެ ނާއިބު ރައީސާ ފާޠިމަތު ދިޔާނާ އާއި މިދިޔަ ދައުރުގެ ނާއިބު ރައީސާ ފާޠިމަތު ޝާނީއެވެ.

މިއީ، މިހާތަނަށް އެ ސްކޫލުން ހޯދާފައިވާ ކާމިޔާބީތައް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއެކު ސްކޫލްގެ ލެގަސީ ނެގެހެއްޓުމަށް ދަރިވަރުންނަށް ހިތްވަރުދީ، ކުރީގެ ދަރިވަރުން ދެއްކި މާދިރީ އާއި އެއްގޮތަށް ކުރިއަށް ދިއުމަށް މިހާރުގެ ދަރިވަރުންނަށް މަގުދައްކައިދޭ އާރުކާޓީއެއްގެ ގޮތުގައި ފަރުމާކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ.

ބޭނުމަކީ {ޝަރަފުއްދީން ސްކޫލަށް} ވަންނަ ކުއްޖާއަށް ޝަރަފުވެރި ކާމިޔާބުތަކެއް އޮތް ތަނެއްކަން ވިސްނައި ދިނުމާއި އެމަގުން ކުރިއަށްދާން ހިތްވަރު ދިނުން. ކޮންމެ މުވައްޒަފަކީ ވެސް އެގޮތަށް ހިތްވަރުދޭ ބަޔަކަށް ހެދުން. ޝަރަފުވެރި ސްކޫލެއްކަން އަންގައިދީ އެފަދަ ކަލްޗަރ ދަރިވަރުންނާއި މުވައްޒަފުންގެ ތެރޭގައި އުފެއްދުން" ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ގެލަރީ ހުޅުވަން މިއަދު އެ ސްކޫލުގައި ބޭއްވި ޙަފްލާގައި، ގެލަރީގެ ބޭނުމާއި ގެލަރީގެ މަސައްކަތް ކުރިއަށްދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ޕީޓީއޭގެ މި އަހަރާއި މިދިޔަ އަހަރުގެ ނާއިބު ރައީސާއިންނާއި ހިންގާ ކޮމިޓީ އާއި މަސައްކަތުގައި ޝާމިލުވި ސްކޫލުގެ ހީވާގި މުއައްޒަފުންގެ އަގުހުރި މަސައްކަތް ފާހަގަ ކުރައްވައި އެފަރާތްތަކަށް ތަޢުރީފާއެކު ޕްރިންސިޕަލް ވަނީ ޝުކުރު ދަންނަވާފައެވެ.

1981 ވަނަ އަހަރު ސ. އަތޮޅު ތައުލީމީމަރުކަޒުގެ ގޮތުގައި ހިންގަމުން އައި ސްކޫލް ސަދަން ސެކަންޑްރީ ސްކޫލަށް ބަދަލުކުރިއެވެ. ޝަރަފުއްދީން ސްކޫލް އުފެއްދީ ސަދަން ސެކަންޑްރީ ސްކޫލާއި މުހިއްބުންދީން ސްކޫލް އެއްކޮށްލައިގެންނެވެ.

މުސައްވިރު ވިދާޅުވީ، ގެލަރީގައި އެ ހުރިހާ އިރެއްގެ ތާރީޚާއި ދަރިވަރުން ހޯދި ވަކިވަކި ކާމިޔާބީތަކާއި ފޮޓޯތައް ވެސް ފަސޭހައިން ފެންނަން ހުންނާނެ ކަމަށެވެ.

"މި ހިސާބަށް ދެމިގެން އައި ސްކޫލުގެ ތާރީޚާއި ސްކޫލުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ފޮޓޯއާއި ކުދިން ހޯދި ކާމިޔާބީތަކާއި އެކަޑަމިކް، އިންޓަރލެކްޗުއަލް ސްޕޯޓްސް، ކޯ ކަރިކިއުލަމްގެ ތާރީޚު ވެސް ގެނެސްދީފައިވާނީ ކުދިންނަށް އިހުސާސްވާގޮތަށް" ޕްރިންސިޕަލް ވިދާޅުވިއެވެ.

"ކޮންމެ އެއްޗަކުން ޝަރަފުއްދީނުގެ ވާހަކަ ފުރިހަމަ ކޮށްދޭނެ. އެ ލެގަސީއަކީ އަވަރ ސްޓޯރީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *