ދެވަނަ ޓާމުގެ އިމްތިޙާން ސްކޫލުތަކުގައި މިއަދު ފަށައިފި

ދިރާސީ އަހަރުގެ ފަހުޓާމުގެ އިމްތިޙާނު ސްކޫލުތަކުގައި މިއަދު ފަށައިފިއެވެ.

ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ގުރޭޑް 9ން ފެށިގެން 12އަށް އިމްތިޙާނު ކުރިއަށް ދާނެއެވެ. ގުރޭޑް 9ގެ ދަރިވަރުންނަށް ދެވަނަ ޓާމުގެ އިމްތިޙާން ކުރިއަށްދާއިރު، ގުރޭޑް 10ގެ ދަރިވަރުންނަށް ކުރިއަށް ދާނީ މޮކް އެގްޒާމެވެ. ގުރޭޑް 11އާއި 12ގެ ކުދިންނަށް ޓާމް އިމްތިޙާނެވެ. ގުރޭޑް 7އާއި 8ގެ ދަރިވަރުންނަށް ދެވަނަ ޓާމުގެ އިމްތިޙާން ފަށާނީ އަންނަ ބުދަ ދުވަހުއެވެ. އިމްތިޙާނުތައް ކުރިއަށް ދާނީ މި މަހުގެ 20އާ ހަމައަށެވެ. ދެވަނަ ޓާމުގެ އިމްތިޙާނަށްފަހު ސްކޫލްތައް ބަންދުކޮށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 25ވަނަ ދުވަހުއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ  މަހުގެ 27 ވަނަ ދުވަހުއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން މި އަހަރު ކިޔަވައިދޭނީ 180 ދުވަހުއެވެ. އެއީ ފުރަތަމަ ޓާމުގައި ކިޔަވައިދިން 81 ދުވަހާއި ދެވަނަ ޓާމުގައި ކިޔަވައިދިން 99 ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *