ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިންވަރަށް ބާ އިމްތިހާނުން ފާސްވީ 47 އިންސައްތަ ދަރިވަރުން

ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިންވަރަށް ބާ އިމްތިހާނުން ފާސްވީ 47 އިންސައްތަ ދަރިވަރުން ކަމަށް ބާ ކައުންސިލް މޯލްޑިވްސްއިން ބުނެފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިދިޔަ އޮކްޓޫބަރު 11، ގައި ބޭއްވި ބާ އިމްތިހާނުގައި 136 ކެންޑިޑޭޓުން ބައިވެރިވި ކަމަށެވެ. އޭގެތެރެއިން 81 އިންސައްތަ ދަރިވަރުންނަކީ ރާއްޖެއިން ތައުލީމު ހާޞިލްކުރި ދަރިވަރުންނެވެ.

ބާ އިމްތިހާނަކީ ގާނޫނީ ދާއިރާއަށް ނުކުންނަ މީހުންނަކީ ގާނޫނީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ބައެއްކަން ކަށަވަރު ކުރުމަށް ބާއްވާ އިމްތިހާނެކެވެ. އެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ކިބައިގައި ހަ ދާއިރާއަކުން ގާނޫނީ ފަންނާ ގުޅުމަށް ބޭނުންވާ އިލްމާއި ހުނަރު ހުރި މިންވަރު އެ ކައުންސިލުން ދޭ އިމްތިޙާނުގައި ވަޒަންކުރެއެވެ.

އެ ގޮތުން އެ އިމްތިޙާނުގައި ވަޒަން ކުރަނީ، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ އަދި ޓޯޓް ލޯ އާއި މޯލްޑިވިއަން ލީގަލް ސިސްޓަމް އަށް އަހުލުވެރިވެފައިވާ މިންވަރެވެ.

ބާ އިމްތިހާނުން އެންމެ މަތީ ވަނަ ހާސިލުކުރި ނުވަ ދަރިވަރުންނަކީ:

  • މުއިއްޒު އިބްރާހިމް – ވިލާ ކޮލެޖު
  • މަރިޔަމް ސައިފާ ރަޝީދު – ޔުނިވާސިޓީ އޮފް މެންޗެސްޓާ
  • އަލީ މުރާދު – ވިލާ ކޮލެޖު
  • މަރިޔަމް އިފާސާ – ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ
  • މުހައްމަދު ދާއިން އަހުމަދު – ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ
  • މުހައްމަދު އުމައިރު އިސްހާގު – ޓޭލާސް ޔުނިވާސިޓީ
  • އަހުމަދު މާހިން ހަސަން – ޔުނިވާސިޓީ އޮފް ޔޯކް
  • އަލީ ޝިފާއު – އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް
  • މުހައްމަދު އަލްތަފް އަލީ – ޔުނިވާސިޓީ އޮފް ވޯރިކް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *