ފެންވަރު ވަޒަން ކުރަން ގުރޭޑް 6 ގެ ދަރިވަރުންނަށް ދޭ ޤައުމީ މަންހަޖުގެ އިމްތިޙާނު ފަށައިފި

ފެންވަރު ވަޒަން ކުރަން ގުރޭޑް 6 ގެ ދަރިވަރުންނަށް ދޭ ޤައުމީ މަންހަޖުގެ އިމްތިޙާނު ސަރުކާރު ސްކޫލްތަކުގައި މިއަދު ފަށައިފިއެވެ.
އައު މަންހަޖުގެ ދަށުން ޕްރައިމަރީ ނިންމާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރަން ގުރޭޑް 6ގެ ދަރިވަރުންނަށް މި އިމްތިޙާން ދެނީ ފަސް މާއްދާއިންނެވެ. އެއީ ދިވެއްސާއި އިސްލާމާއި ހިސާބާއި އިނގިރޭސި މާއްދާގެ އިތުރުން ސައިންސް މާއްދާއެވެ. މި އިމްތިޙާން މިއަދުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މި އިމްތިޙާނުގެ ކަންތައް ކުރިއަށް ގެންދަނީ ނެޝަނަލް އިންސްޓިއުޓް ފޯރ އެޑިޔުކޭޝަން (އެންއައިއީ) އިންނެވެ.
އިމްތިޙާނުގެ ތާވަލް:
• އިސްލާމް، 6 ޑިސެމްބަރު (7:15 އިން 8:30 އަށް)
• އިސްލާމް މާއްދާ: 6 ޑިސެމްބަރު (7:15 އިން 8:30 އަށް)
• ދިވެހި މާއްދާ: 7 ޑިސެމްބަރު (7:15 އިން 8:45 އަށް)
• އިނގިރޭސި މާއްދާ: 8 ޑިސެމްބަރު (7:15 އިން 8:45 އަށް)
• ހިސާބު މާއްދާ: 9 ޑިސެމްބަރު (7:15 އިން 8:45 އަށް)
• ސައިންސް މާއްދާ: 10 ޑިސެމްބަރު (7:15 އިން 8:30 އަށް)
މި އިމްތިޙާނުގެ ކުރިއަށް ގެންދަނީ ސަރުކާރު ސްކޫލްތަކުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅަކު ދަރިވަރު ނޫހަށް މީގެ ކުރިން ބުނީ، ޕްރައިމަރީ ގްރޭޑް ނިންމާ ދަރިވަރުންގެ އުގެނުން މިންކުރެވޭނެ އެންމެ އެކަށީގެންވާ ލާނިންގ ޑޭޓާ މިހާރު ނުހުންނަ ކަމަށާއި ޤައުމީ މަންހަޖުގެ އިމްތިޙާނެއްގެ ގޮތުގައި ކީ ސްޓޭޖް 2 ނިންމާ ދަރިވަރުންނަށް ދެވޭ އިމްތިޙާނުގެ ސަބަބުން ޕްރައިމަރީ ގުރޭޑްތަކުގެ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރަން ކުރަން މަސައްކަތްތައް ދެނެގަނެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *