ބަންގްލަދޭޝްގެ ބީޔޫޕީގެ ސްކޮލަރޝިޕަށް ހުޅުވާލައިފި

ބަންގްލަދޭޝްގެ ބަންގްލަދޭޝް ޔުނިވަރސިޓީ އޮފް ޕްރޮފެޝަނަލްސް (ބީޔޫޕީ)ގެ ސްކޮލަރޝިޕްގެ ދަށުން އަންޑަރގްރެޖުއޭޓް ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީން 80 އިންސައްތައިގެ ޑިސްކައުންޓެއް ދޭނެ

ބަންގްލަދޭޝްގެ ބީޔޫޕީ ޔުނިވަރސިޓީގެ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

މިއީ ސާކް ޤައުމުތަކުގެ ދަރިވަރުން އެ ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އެ ޔުނިވަރސިޓީން ހުޅުވާލި ފުރުޞަތެކެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، އަންނަ އަހަރު ކިޔަވަން ފަށާ ބީޔޫޕީ ގެ 18 އަންޑަރގްރެޖުއޭޓް ޕްރޮގްރާމްގެ ތެރެއިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ 2 ސްކޮލަރޝިޕް ފުރުޞަތު ލިބިފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ، ބައިވެރިވާ ކޯހުގެ 80 އިންސައްތަ އެ ޔުނިވަރސިޓީން ދެއްކި ނަމަވެސް ކޮންމެ ސެމެސްޓަރ އެއްގައި 180 ޔޫއެސް ޑޮލަރު ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭނެ ކަމަށެވެ.

މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބީޔޫޕީ ޔުނިވަރސިޓީގެ ފަރާތުން ކަމަށާއި މި ސްކޮލަރޝިޕްއަށް ޝައުގުވެރިވާ ދަރިވަރުން އެޕްލިކޭޝަން ހުށެހުޅުމުގެ ފުރުޞަތު 31 ޑިސެންބަރުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޯސްތައް ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *