ދިރާގު ރޯޑް ރޭހުގެ ސްކޫލް ގެޓަގަރީ ތަކުން އެއްވަނަ ހޯދީ، އައިދާއި ސަރޭނާއާއި މަސްރޫރްގެ އިތުރުން އައިރާ

ދިރާގު ރޯޑް ރޭހުގެ ސްކޫލް ގެޓަގަރީގެ ގޮތުގައި ކުރިއަށް ގެންދިޔަ 13 އަހަރުން މަތީގެ އުމުރުފުރައާއި 13 އަހަރުން ދަށުގެ އުމުރުފުރައިން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ދީފިއެވެ. މި މުބަރާތް ކުރިއަށް ގެންދިޔައީ ދެ ޖިންސަށް ވަކިންނެވެ. ދިރާޤު ރޭހުގައި ފުލްމެރަތަން އާއި ހާފްމެރަތަންގެ އިތުރުން 5 ކިލޯމީޓަރު ދުވުމެވެ.

ސްކޫލް ކެޓަގަރީގައި ކުރިއަށް ގެންދިޔަ 5 ކިލޯމީޓަރު ދުވުމުގެ 13 އަހަރުން މަތީގެ ފިރިހެން ގެޓަގަރީން ޗެމްޕިއަންކަން ހޯދީ އައިދް އަބްދުﷲ ރިފާއުއެވެ. ރަނަރަޕަކީ އިސްމާއިލް މުލްހާމް އާޒިމެވެ. ސެކަންޑް ރަނަރަޕަކީ އިޒްޔާން އިސްމާއިލް ދީދީއެވެ. 13 އަހަރުން މަތީގެ ބައިން އަންހެން ކެޓަގަރީން ޗެމްޕިއަންކަން ހޯދީ ކްލާރާ ސަރޭނާ އާސިފެވެ. ރަނަރަޕަކީ ކިއާރާ އަފްރާހް ގާސިމެވެ. ސެކަންޑް ރަނަރަޕަކީ ލީމް އަހްމަދު ވިކާސްއެވެ.

13 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ޗެމްޕިއަންކަން ހޯދީ މަސްރޫރް އަހްމަދެވެ. ރަނަރަޕަކީ ޔޫސުފް ހޫދު ހިޝާމެވެ. ސެކަންޑް ރަނަރަޕަކީ ޒެކް ޒެވިއެލް އަހުމަދެވެ. 13 އަހަރުން ދަށުގެ އަންހެން ކެޓަގަރީން ޗެމްޕިއަންކަން ހޯދީ އައިރާ މުހައްމަދު އަރުޝަދެވެ. ރަނަރަޕަކީ އައިޝަތު ޒަނާ ޒިޔާއުއެވެ. ސެކަންޑް ރަނަރަޕަކީ އައިޝާ ސާރާ ވިސާމެވެ.

ސްކޫލް ކެޓެގަރީގެ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕްއަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕް އަށް 1,000 ރުފިޔާގެ ވައުޗަރެއް ދިރާގުން ދެއެވެ. ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ވަނީ ދީފައެވެ.

ދިރާގުގެ ރޯޑްރޭހުގެ 16 ވަނަ އެޑިޝަން ބާއްވާފައި ވަނީ 24 އޮކްޓޫބަރު 2025 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 4،500 އަށް ވުރި ގިނަ ބައިވެރިން މި ދުވުމުގައި ރެޖިސްޓަރ ކުރިއިރު 44 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 28 ސްކޫލާއި 128ޱކޯޕަރޭޓް ޓީމް ވަނީ ބައިވެރިވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *