ސެކިއުރިޓީ އާ ގުޅުން ހުރި ރިސަރޗް ފެލޯޝިޕް ތަކުގައި އެމްއެންޔޫއާއި ދިވެހި ފުލުހުން ގުޅިގެން މަސައްކަތް ކުރަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ޤައުމީ ސަލާމަތާއި އިސްތިރާތީޖީ ދިރާސާތަކުގެ ދާއިރާގައި ދިރާސާކުރުމާއި، ތަޢުލީމާއި، ސިޔާސަތު އެކުލަވާލުމުގައި އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ރަސްމީކޮށް ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.

ތައް އެކުލަވާލުމަށް އެހީތެރިވާ މުއައްސަސާތަކުގެ ބައިވެރިވުން ކުރިއެރުވުމެވެ. އަދި މީގެ އިތުރުން، އެމްއެންޔޫގެ އެކަޑަމިކް މުވައްޒަފުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުންގެ މެދުގައި ދިރާސާކުރުމުގެ ޤާބިލިއްޔަތު ބިނާކުރުމަށް ފަރުމާކުރެވިފައިވާ ސެކިއުރިޓީ ރިސަރޗް ފެލޯޝިޕްތައް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެްނދާނެއެވެ.

މި ފަހުމުނާމާގެ ސަބަބުން ހުނަރުވެރި ޕްރޮފެޝަނަލުން ތަރައްޤީކުރުމާއި މުހިންމު ދާއިރާތަކުގައި ޤައުމީ ދިރާސާތައް ކުރިއެރުވުމުގައި ޔުނިވަރސިޓީގެ ދައުރު ފާހަގަކުރެވެއެވެ. އަދި މި އެއްބާރުލުން ދިނުމުން ޤައުމު ބިނާކުރުމުގެ ފުޅާ މަޤްޞަދުގައި ޤައުމީ މުއައްސަސާތަކަށް އެހީތެރިވުމަށް އެމްއެންޔޫއިން ދެމިތިބިކަން ހާމަވެގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *