އެކްސެލެންސް އެވޯޑާއި ބެސްޓް ސްޓޫޑެންޓް އެވޯޑް މަޡްހަރު ނަޢީމަށް، ޑިސްޓިންކްޝަން އެވޯޑާއި ބެސްޓް ސްޓޫޑެންޓް އެވޯޑް ޔާސިރާއި ރިފްދާއަށް
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ދޭ ތިން އެވޯޑެއް 14 ދަރިވަރުންނަށް ލިބިއްޖެއެވެ. އެކްސެލެންސް އެވޯޑް ލިބުނީ ޔުނިވަރސިޓީން ދަސްވެނިވި މިޡްހަރު ނައީމަށެވެ. އައިޔޫއެމް އެކްސެލެންސް އެވޯޑް ހޯދި މަޡްހަރު ނައިމް ކިޔެވީ، ކުއްލިއްޔާ އޮފް އަރަބިކް ލޭންގްއޭޖުގައި، ބެޗްލަރ އޮފް އާރޓްސް އިން އަރަބިކް ލޭންގުއޭޖްއެވެ. މިއީ، ހުނަރާއި ހިތްވަރާއެކު ދަރިވަރުން ހޯދާ އިލްމީ މަތީ ދަރަޖައިގެ ނަތީޖާއިން ރީތި ނަމާއި ޝަރަފު ޔުނިވަރސިޓީއަށް ހޯދައިދޭ އަދި ދަރިވަރުންގެ އިސްނެގުމާއި ކުޅަދާނަކަމާއި ޔުނިވަރސިޓީގެ ތަފާތު ޙަރަކާތްތަކާއި ޢިލްމީ ޕްރޮގްރާމްތަކުގައި މަތީ ފެންވަރުގައި ފާހަގަކުރެވޭ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
އައިޔޫއެމްގެ ފުރަތަމަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޓާމުގައި 514 ދަރިވަރުން ދަސްވެނިވެފައިވެއެވެ.
ބެސްޓް ސްޓޫޑެންޑް އެވޯޑް ލިބުނީ، 9 ދަރިވަރުންނަށެވެ. މި އެވޯޑް ދެނީ، އައިޔޫއެމްގެ ކުއްލިއްޔާއިން ކިޔަވައިދޭ އެމްކިޔުއޭ ލެވެލް 7ން 9 ހިމެނޭ ގޮތަށް އިލްމީ ޕްރޮގްރާމަކުން އެންމެ މަތީ މާކުސް ހޯދާ ދަރިވަރުންނަށެވެ.
މި އެވޯޑް ލިބުނީ،
- ރިފްދާ މުޙައްމަދު ރަޝީދު- މާސްޓަރސް އޮފް އާޓްސް އޮން ޤުރްއާނިކް ސައިންސް، ކުއްލިއްޔާ އޮފް އެންޑް ސުންނާ

- ޔާސިރު އަޙްމަދު- މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް.
- ނީޒާ ޢަލީ- މާސްޓަރސް އޮފް ޓީޗިންގ އެންޑް ލާރނިންގ ( ޤުރްއާން) ކުއްލިއްޔާ އޮފް އެޑިޔުކޭޝަން
- ރޫޔާ ޢާޞިމް- ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން
- ޝަފާ ޢަބްދުއްރަޙްމާން، ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން
- މަރިޔަމް ޢަޛްރާ އަޙްމަދު، ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ކުއްލިއްޔާ އޮފް އެޑިޔުކޭޝަން
- ޙައްވާ އިދުރީސް، ބެޗްލަރ އޮފް އަރަބިކް ލޭންގުއޭޖް، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން
- މަޘްހަރު ނަޢީމް، ބެޗްލަރ އޮފް އާރޓްސް އިން އަރަބިކް ލޭންގުއޭޖް، ކުއްލިއްޔާ އޮފް އަރަބިކް ލޭންގުއޭޖް
- އާނިޔަތު ޖަމީލު، މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ގަވަރނަންސް، ކުއްލިއްޔާ އޮފް އިކޮނޮމިކް އެންޑް މެނޭޖްމަންޓް ސްޓަޑީޒް
ޑިސްޓިންކްޝަން އެވޯޑް، ހަތަރު ދަރިވަރުންނަށް ލިބުނެވެ. މިއީ، ޔުނިވަރސިޓީން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް 7 (ބެޗްލާރސް ޑިގްރީ) އާއި އެއަށްވުރެ މަތީ ފެންވަރުގެ ކޮންމެ ކޯހެއްގެ ނަތީޖާއަށް ބަލައި، ހުރިހާ މާއްދާއަކުން ހައި ޑިންޓިންކްޝަން ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
މި އެވޯޑް ލިބުނީ:
- ރިފްދާ މުޙައްމަދު ރަޝީދު- މާސްޓަރސް އޮފް އާޓްސް އިން ޤުރްއާނިކް ސައިންސް، ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާ
- ޔާސިރު އަޙްމަދު- މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް.

- އަޙްމަދު މާޖިދު، މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސް
- މަރްޔަމް ޖުމާ، މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސް

advertisment
ހިޔާލު