ނަޞްރުގެ ދުވަސް ފާހަގަކުރަން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ ގިނަ ވަނަތައް ޖަލާލުއްދީނަށް

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށީ ކައުންސިލުން އިމްތިޒާމްކުރި މަޒުމޫނު ލިޔުމުގެ މުބާރާތުން މި އަހަރު ގިނަ ވަނަތައް ގެންދިޔައީ ޖަލާލުއްދީން ސްކޫލުންނެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ދަށު ސާނަވީއާއި ސާނަވީގެ އިތުރުން މަތީ ސާނަވީއެވެ. ސާނަވީއާއި މަތީ ސާނަވީން އެއްވަނަ ހޯދީ ޖަލާލުއްދީނުގެ ދަރިވަރުންނެވެ. ދަށު ސާނަވީން އެއްވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރެކެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތުގެ ވަނަތައް:

ދަށު ސާނަވީން ތިންވަނަ: ޢާއިޝަތު ޝަމްޙާ ޙަސަން 8އޭ ޖަލާލުއްދީން ސްކޫލް

ދަށުވީން ދެވަނަ ޒަކުވާން މުޙައްމަދު އަބޫބަކުރު 8 ސީ ޖަލާލުއްދީން ސްކޫލް

ދަށު ސާނަވީން އެއްވަނަ މިޝްކާ ބިންތް މުޙައްމަދު ބިން އަޙްމަދު 8ބީ ހދ. އޭއީސީ

ސާނަވީން ތިންވަނަ މުހައްމަދު މިފްރާޙް އިރުޝާދު 10އޭ ހދ. އޭއީސީ

ސާނަވީން ދެވަނަ ޝައްމާޙް އަޙްމަދު ޝަރީފު 10ބީ ޖަލާލުއްދީން ސްކޫލް

ސާނަވީން އެއްވަނަ ޢުޒައިރު ތޮލްޙަތު އިބްރާހިމް 9 އޭ ޖަލާލުއްދީން ސްކޫލް

މަތީ ސާނަވީން ތިންވަނަ އަހްމަދު އަބްދުﷲ 11ބީ ޖަލާލުއްދީން ސްކޫލް

މަތީ ސާނަވީން ދެވަނަ އާޔާ އަބްދުއްރަޝީދު 11ބީ ޖަލާލުއްދީން ސްކޫލް

މަތީ ސާނަވީން އެއްވަނަ މިޝްކާ އާދަމް 11ބީ ޖަލާލުއްދީން ސްކޫލް

ނަޝްރުގެ ދުވަސް ކުލަގަދަކޮށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރާތާ މިއީ ހަތަރު ވަނަ އަހަރެވެ. ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއިން ކުރިމަތިވި އުދުވާލީ ހަމަލާއިން ރާއްޖެއަށް ލިބުނު ނަޞްރު ލިބުނުއިރު، އެ ހަމަލާގައި ޝަހީދުވި ހިތްވަރުގަދަ ބަޠަލުންގެ ތެރޭގައި ކުޅުދުއްފުށީ ހުސައިން އާދަމް ހިމެނެއެވެ.

ޖަލާލުއްދީން ސްކޫލުގައި ބޭއްވި ނަޞްރުގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޞަލާޙުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *