ފާއިތުވި 2023- 2024 ވަނަ ދިރާސީ އަހަރު ހދ. މަކުނުދޫ ސްކޫލުން އެއްވަނަ ދަރިވަރުގެ މަޤާމް ފާތިމަތު ފައިހާ އަލީ ހޯދައިފިއެވެ.
މަކުނުދޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ކުޅުދުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އަދުނާން އަލީއެވެ.

ފައިހާ ވަނީ 4އޭ އާއި 3ބީ ގެ އިތުރުން އެއް ސީ ހޯދައިގެން އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ހޯދާފައެވެ.
ފައިހާއަކީ 2023-2024 ވަނަ ދިރާސީ އަހަރު މަކުނުދޫ ސްކޫލުގެ ވައިސް ކެޕްޓަނެވެ.

ފައިހާއަކީ ޤުރުއާން މުބާރާތްތަކުންނާއި އަދަބީ މުބާރާތްތަކާއި އަދި އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ ވަނަތައް ހޯދާފައިވާ ކާމިޔާބު ދަރިވަރެކެވެ.
އެއްވަނަ ދަރިވަރުގެ ގޮތުގައި ސްކޫލް ނިންމާލުމަކީ އެއީ ކުރިއްސުރެ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި އެކަން ޙާޞިލް ކުރުމަށް ދުރާލާ ބުރަ މަސައްކަތްތަކެއް ކުރި ކަމަށް ފައިހާ ބުންޏެވެ.

ފައިހާ ދެކޭގޮތުގައި، އޭނާގެ ކާމިޔާބުގެ ސިއްރަކީ ﷲގެ ވާތްގަށް އެދުން ކަމަށާއި އުޢާކުރުމާއި ނަމާދު ކުރުމުގައި ދެމިހުރުމެވެ.
ފައިހާއަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަސްގެ ދަރިވަރުންގެ ޔޫނިއަންގެ ރައީސެވެ. ކިޔަވަމުން ދަނީ ބެޗްލާސް އިން ނަރސިންގއެވެ.

advertisment
ހިޔާލު