ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، އެމްއެންޔޫގެ ޕްރޮގްރާމްތައް ހިންގަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފަރާތުން ކ.ތުލުސްދޫގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ޕްރޮގްރާމްތައް ހިންގުމަށް ދެ ފަރާތުން ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވައިފައެވެ.

މި އެއްބަސްވުމުގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރައްވައިފައި ވަނީ އެ މުވައްސަސާގެ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަމާހް ރަޝިދެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ކ.ތުލުސްދޫގެ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފަރާތުން އެކުލައިވަލާފައިވާ ކަންރަންޓު މަސައްކަތްތަކާއި ގުޅޭ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިވެފެންދާނެއެވެ. މިފަދަ އެއްބަސްވުންތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި މަތީ ތަޢުލީމާއި ތަމްރީނު ފުޅާކޮށް، އެންމެނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިއްމު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *