ޢިލްމީ ދިރާސާތަައް ކުރުމަށް ސަރުކާރުން ދޭ މާލީ އެހީ އެމްއެންޔޫއާއި އައިޔޫއެމްގެ އިތުރުން ވިލާ ކޮލެޖަށް

ރާއްޖެއަށް ބޭނުންވާ އިލްމީ ދިރާސާތައް ކުރަން ސަރުކާރުން ދޭ މާލީ އެހީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ އިތުރުން ވިލާ ކޮލެޖަށް ދޭން ނިންމައި އެ މުއައްސަސާތަކާއެކު ފަހުމުނާމާއެއްފައި ސޮއިކޮށްފިއެވެ.

ދިރާސާ ކުރުމަށް މާލީ އެހީ ހޯދަން ހުޅުވާލުމުން ހުށައެޅީ ވެސް މި ތިން މުއައްސަސާއިންނެވެ. ދިރާސާކުރުމަށް އެހީދޭ ނިންމާފައި ވަނީ ހަތަރު ދާއިރާއަކުންނެވެ. އެއީ، ގަވަނަންސް އާއި ސޭފްޓީ އެންޑް ވެލް ބީންގއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ އާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަންގެ އިތުރުން ގްރީން އެޖެންޑާއެވެ.

ރާއްޖެއަށް ބޭނުންވާ މުހިންމު ދިރާސާތައް ކުރުމަށް ދޭ ފަންޑުގެ އެހީގައި ކުރާ ދިރާސާތަކުގެ ހޯދުންތައް އާންމު ކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން ދިރާސާ ކުރުމުގެ މުހިންމުކަމުގެ އިތުރުން ދިރާސާކުރުމުގެ ސަޤާފަތެއް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *