އައިޔޫއެމްއިން މާސްޓަރސްއަށް ކިޔަވަން ތިން ސްކޮލަރޝިޕް މައުމޫން ފައުންޑޭޝަނުން ދެނީ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި މާސްޓަރސްއަށް ކިޔަވަން ތިން ސްކޮލަރޝިޕްގެ ފުރުޞަތަށް މައުމޫން ފައުންޑޭޝަނުން ހުޅުވާލައިފިއެވެ.

މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސްކޮލަރޝިޕް ދެނީ ތިން ދާއިރާއަކުންނެވެ. އެއީ، މާސްޓަރސް އޮފް ފިޤްޙާއި މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން އާއި މާސްޓަރސް އޮފް އާޓްސް އިން ޤުރްއާނިކް ސައިންސެވެ.

މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވަނީ، އިސްލާމިކް ޔުނިވަރސިޓީންނެވެ. ސްކޮލަރޝިޕަށް ޚަރަދު ކުރަނީ މައުމޫން ފައުންޑޭޝަނުންނެވެ.

އެ ފައުންޑޭޝަނުން ބުނީ، ދިވެވި ދަރިވަރުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ކުރުމަށް އިސްލާމިކް ޔުނިވަރސިޓީން ވެދެއްވި އެހީތެރިކަމަށް އެ ޔުނިވަރސިޓީން ވަނީ ޝުކުރުއަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *