އިހަވަންދޫ ކައުންސިލުގެ "ރަސްތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ. އިހަވަންދޫ ކައުންސިލުގެ "ރަސްތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ ހއ. އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވައިލެވިގެން ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮކްޓޯބަރު 30 ވަނަ ދުވަހުގެ 14:00 އަށް ހުޅުވާލާފައިވާ ކަމަށެއެވެ. މުބާރާތް ބާއްވަނީ ނޮވެމްބަރު މަހުގެ 27ން 29 އަށެވެ.

މި މުބާރާތް ބާއްވަނީ އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ގުޅިގެންނެވެ.

އިހަވަންދޫ ކައުންސިލުން ބުނީ، މި މުބާރާތުގެ މަޤްޞަދަކީ ހއ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި އާލާކުރުމާއި ތަޖުވީދުމަގުން ޤުރްއާން ކިޔެވުމާއި ކީރިތި ޤުރްއާނުގެ އިލްމު އުނގެނުމާއި އުނގަންނާއި ދިނުމުގެ ރޮނގުން ކުރިއަށް ދިއުމާއި ޤުރްއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމެވެ.

އިހަވަންދޫ ކައުންސިލުން ބުނީ، މި މުބާރާތުގައި ރަށަކުން ބައިވެރިކުރެވޭނީ ގިނަވެގެން 10 ބައިވެރިންނެވެ. ބައިވެރިން ހޮވަނީ އެރަށެއްގެ ކައުންސިލުންނެވެ. މި މުބާރާތުގައި އޮންނަނީ ތިން ރައުންޑަކަށެވެ. އެއީ ފުރަތަމަ ރައުންޑާއި ދެ ވަނަ ރައުންޑަކީ އެލެމިނޭޝަން ރައުންޑެވެ. ތިންވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކްސް ހޯދާ 10 ބައިވެރިންނެވެ. ތިން ވަނަ ރައުންޑަށް ހޮވޭނީ ދެވަނަ ރައުންޑުން އެންމެ މަތިން މާކްސް ހޯދާ ފަސް ބައިވެރިންނެވެ.

އިހަވަންދޫ ކައުންސިލުގެ ޤުރްއާން މުބާރާތުން އެއްވަނައަށް ހޮވޭ ބައިވެރިއަކަށް 10،000 ރުފިޔާ އަދި އެއްވަނައަށް ހޮވޭ ރަށަކަށް 10،000 ރުފިޔާ، އިނާމެއްގެ ގޮތުގައި ހުށައަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *