ފޯކައިދޫ ކައުންސިލުން އެ ރަށު ސްކޫލުގެ ހޯލު އޭސީ ކޮށްދީފި

ފޯކައިދޫ ކައުންސިލުން އެ ރަށު ސްކޫލުގެ ހޯލު އޭސީ ކޮށްފީފިއެވެ.

ފޯކައިދޫ ސްކޫލުގެ ހޯލު އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން 12 އޭސީ ހަރުކޮށްދީފައިވެއެވެ. އެއީ 24،000 ބީޓީޔޫގެ 10 އޭސީއާއި 12،000 ބީޓީޔޫގެ ދެ އޭސީއެވެ.

އޭސީ ހަރުކުރުމުގެ އިތުރުން ހޯލުގެ ލައިޓް ބަދަލުކޮށް ވަށައިގެން ކާޓެއިން ހަރުކޮށްދީފައިވެއެވެ.

ފޯކައިދޫ ސްކޫލަށް ބޭނުންވާ ގިނަ އެހީތަކެއް އެ ރަށު ކައުންސިލުން އަންނަނީ ފޯރުކޮށްދެމުންނެވެ. ކުލާސް ރޫމުތަކުގައި 65 އިންޗީގެ ޓީވީ ހަރުކޮށްދިނުމާއި ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުން ކުރެވޭ ވަރަށް ފެން ފޯރުކޮށްދިނުމށް އާރުއޯ ޕްލާންޓެއް ބަހައްޓައިދިނުމާއި ސްކޫލު އިމާރާތުގައި އަލިފާން ނިވި ހަރުކޮށްދިނުމާއި ދަރިވަރުންގެ ކުޅިވަރު ހަރަކާތްތަކަށް ބޭނުންވާ ސާމާނުތައް ހަދިޔާކުރުން ފަދަ އެތައް އެހީތަކެއް ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ.

ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ވެސް ފޯކައުދޫ ކައުންސިލުން އަންނަނީ ކޮންމެ އަހަރަކުވެސް އެރަށު ސްކޫލަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *