ފޮނަދޫގައި އިމާރާތްކުރާ އިސްލާމިކް ޔުނިވަރސިޓީ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި

ލ. ފޮނަދޫގައި އިމާރާތްކުރާ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ކެމްޕަހުގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ކެމްޕަހުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއެވެ. މި ރަސްމިއްޔާތުގައި ފޮނަދޫ ކައުންސިލްގެ ރައީސްގެ އިތުރުން، ފޮނަދޫ ދާއިރާގެ މެމްބަރު ބައިވެރިވެވަޑައިގަތެވެ.
ފޮނަދޫގައި އައިޔޫއެމްގެ ކެމްޕަސް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސްތަކާއި ސެންޓަރުތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް އެ ޔުނިވަރސިޓީން ދަނީ ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *