އެމްއެންޔޫ މެރަތަން އަންނަ ފެބުރުވަރީ މަހު 13 ވަނަ ދުވަހު، ބައިވެރިވާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބާއްވާ މެރަތަން އަންނަ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ. މި މެރަތަން ކުރިއަށް ގެންދަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މިއީ އެމްއެންޔޫ މެރަތަން ބާއްވާ ދެވަނަ ފަހަރެވެ.

އެމްއެންޔޫ މެރަތަންގައި ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއެކެވެ. އެއީ މެރަތަން އާއި ހާފް މެރަތަން އާއި ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރެވެ. މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ އަވަހަށް ނިންމާ ފިރިހެން އަދި އަންހެން ތިން ދުވުންތެރިންނަށް ފައިސާގެ އިނާމް ހުށައަޅާފައިވެއެވެ. އެހެން އަހަރު ތަކާ ޚިލާފަށް މިއިން ކޮންމެ ކެޓަގަރީއަކުން 65 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ދުވުންތެރިންގެ ތެރެއިން އެއްވަނަ ހޯދާ ބައިވެރިއަކަށް ވެސް ފައިސާގެ އިނާމު ދޭން ނިންމާފައެވެ. އުމުރުން ދުވަސްވީ މީހުން ބައިވެރިކުރަން ނިންމާފައި ވަނީ ދޮށީ އުމުރުގެ މީހުންނާ ގުޅޭ ގޮތުން އެ ޔުނިވަރސިޓީން ކުރި ދިރާސާއަކާ ގުޅުވައިގެންނެވެ.

އެމްއެންޔޫއިން ބުނީ، މެރަތަންތަގައި އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި ސްޓާފުން އަދި ކުރީގެ ދަރިވަރުން އަދި މުޅި މުޖުތަމައު އެއްތަނަކަށް އެއްވެ، ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ. މި ދުވުމުގެ މަޤްޞަދަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރުދީ، ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރޫޙު އަށަގެންނެވުމެވެ.

މެރަތަންގައި އިނާމް ދެނީ:

  • ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން އެއްވަނަ: 10،000 ރުފިޔާ
  • ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ދެވަނަ: 7،000 ރުފިޔާ
  • ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ތިންވަނަ: 5،000 ރުފިޔާ
  • ފުލް މެރަތަން (42 ކިލޯމީޓަރު) 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ: 10،000 ރުފިޔާ
  • ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން އެއްވަނަ: 7،000 ރުފިޔާ
  • ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ދެވަނަ: 5،000 ރުފިޔާ
  • ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ތިންވަނަ: 3،000 ރުފިޔާ
  • ހާފް މެރަތަން (21 ކިލޯމީޓަރު) 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 7،000 ރުފިޔާ
  • 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން އެއްވަނަ: 5،000 ރުފިޔާ
  • 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ދެވަނަ: 3،000 ރުފިޔާ
  • 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ތިންވަނަ: 2،000 ރުފިޔާ
  • 10 ކިލޯމީޓަރު، 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 5،000 ރުފިޔާ
  • 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން އެއްވަނަ: 3،000 ރުފިޔާ
  • 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ދެވަނަ: 2،000 ރުފިޔާ
  • 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ތިންވަނަ: 1،000 ރުފިޔާ
  • 5 ކިލޯމީޓަރު، 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 3،000 ރުފިޔާ

ހަތަރު ކެޓަގަރީގެ އިތުރުން ކުޑަކުދިންނަށް "ޑޭޝް ކިޑްސް" ގެ ނަމުގައި ދެ ކިލޯމީޓަރުގެ ރޭހެއްވެސް ބާއްވަން އެމްއެންޔޫއިން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *