ސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖްގެ ނަމުގައި ތިން ދުވަހަށް ދެމިގެންދާ ސެމިނާއެއް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)އިން ފަށައިފިއެވެ. މި ތިން ދުވަހަށް ދެމިގެންދާ މި ސެމިނަރ ކުރިއަށް ގެންދަނީ އައިޔޫއެމްއާ ގުޅިގެން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ އިންނެވެ.
މި ސެމިނަރ ފައްޓަވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. މި ސެމިނަރގައި އައިއައިޔޫއެމްގެ ރެކްޓަރ ޑރ. ޢުޘްމާން ބަކާރު އަދި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (ޓްރިޕްލް އައިޓީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޢުމަރު ޙަސަން ކަސޫލޭ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
އާދީއްތަ އަދި ހޯމަ ދުވަހު އައިޔޫއެމްގައި ހިންގަވާ ވޯކްޝޮޕްތައް ނަންގަވައިދެއްވާނީ އައިއައިޔޫއެމް (މެލޭޝިޔާ)ގެ ޕްރޮފެސަރުންނެވެ. 13 ޢިލްމީ ބައްދަލުވުމެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. ކުރިއަށް ގެންދެވޭ ތަފާތު ޢިލްމީ ބައްދަލުވުންތަކުގެ ތެރޭގައި ތަފާތު މާއްދާތައް ކިޔަވައިދިނުމުގައި އިސްލާމީ ނަޒަރުން ކިޔަވާ ދޭނެ ގޮތާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ގެންދެވޭ ލީޑަރޝިޕް ޕްރޮގުރާމްތަކާއި، އިސްލާމިކް ފައިނޭންސިންގެ ތަފާތު ވޯކްޝޮޕްތައް ވެސް ހިމެނެއެވެ.
ސެމިނަރ ފެށުމުގެ ރަސްމިއްޔާތުގައި ވައިސް ރެކްޓަރ އަލީ ޒާހިރު ވިދާޅުވީ، އިލްމްތައް ފެތުރުމަކީ އިސްލާމީ ފިކުރުގެ މައި އަސާސް ކަމަށާއި އެކަމުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ހުރިހާ އިލްމެއްވެސް އަންނަނީ ﷲ ގެ ޙަޟްރަތުން ކަމެވެ. މިޒަމާނުގެ ތަޢުލީމީ ނިޒާމުން ގިނަފަހަރަށް ސައިންސާއި ރޫޙާނިއްޔަތާ ދެމެދު، އަދި ބުއްދިއާއި ވަޙީއާ ދެމެދު ބައިބައިވުން އުފައްދާފައިވާކަށް ފާހަގަކުރައްވައި ވިދާޅުވީ، އިލްމުތައް އެއްކުރުމުގެ ނުވަތަ އިލްމުތައް އިސްލާމީކުރުމުގެ މަސައްކަތަކީ މި ބައިބައިވުން ފަސޭހަކުރަން ކުރެވޭ މަސައްކަތެއް ކަމަށެވެ.
ސެމިނަރ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސްލަރު، ޑރ އަލީ ޒާހިރު ވިދާޅުވި ގޮތުގައި، އިލްމްތައް ފެތުރުމަކީ އިސްލާމީ ފިކުރުގެ މައި އަސާސް ކަމަށާއި އެކަމުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ހުރިހާ އިލްމެއްވެސް އަންނަނީ ﷲ ގެ ޙަޟްރަތުން ކަމެވެ. މިޒަމާނުގެ ތަޢުލީމީ ނިޒާމުން ގިނަފަހަރަށް ސައިންސާއި ރޫޙާނިއްޔަތާ ދެމެދު، އަދި ބުއްދިއާއި ވަޙީއާ ދެމެދު ބައިބައިވުން އުފައްދާފައިވާކަމެވެ. އިލްމުތައް އެއްކުރުމުގެ ނުވަތަ އިލްމުތައް އިސްލާމީކުރުމުގެ މަސައްކަތަކީ މި ބައިބައިވުން ފަސޭހަކުރަން ކުރެވޭ މަސައްކަތެއްކަން ޑރ. ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދުޢާއިން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އިލްމަކީ ހިތްހެޔޮކަމާއި، ވިސްނުމާއި، އިލާހީ މަގުދެއްކެވުން ބޭނުންވާ ދަތުރެއް ކަމަށެވެ. އިސްލާމީ ދިރާސާތަކުންނާއި، އިޤްތިޞާދީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިންނާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފެށިގެން ހުރިހާ ދާއިރާއެއްގައި ވެސް އެ ތަޞައްވުރު ހިމެނުމަށް މަސައްކަތްކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށާއި ދަރިވަރުންނަށް ދުނިޔެ ދެކެން ދަސްކޮށްދެނީ ތައުޙީދުގެ ނަޒަރަކުންނާއި ﷲ އަށް އޮތް ޒިންމާދާރުކަމުގެ ނަޒަރަކުންކަން ޑރ. ޒާހިރު ބަޔާންކޮށްދެއްވިއެވެ.
ލީޑަރޝިޕާއި މުޖުތަމަޢު ތަރައްޤީކުރުމަށް އަހައްމިއްޔަތުކަން ދިނުން މުހިންމު ކަމަށާއި އިސްލާމީ ގޮތުން ލީޑަރޝިޕަކީ އިމްތިޔާޒެއް ނުވަތަ ބާރެއް ނޫން ކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.
"އެއީ އަމާނާތެއް. އަދި އެކަމުގައި ހިތްހެޔޮކަމާއި، އިންސާފުވެރިކަމާއި، ޚިދުމަތްތެރިކަން ހުންނަންޖެހޭ" ޑރ، ޒާހިރު ވިދާޅުވިއެވެ.
ޑރ. ޒާހިރު ވިދާޅުވީ، އުންމީދުކުރަނީ އެ ސެމިނަރގެ ތެރެއިން ޒުވާނުންނަށް އިތުބާރާއެކު ލީޑަރޝިޕް ދަސްކުރުމާއެކު، އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރަން ދަސްވާނެ ކަމަށެވެ. އިސްލާމްދީނުގައި ޙަޤީޤީ ލީޑަރަކީ އެހެން މީހުން މަތިވެރިކޮށް، މުޖުތަމަޢުތަކަށް ބާރުވެރިކަން ދީ، ނަމޫނާއަކަށްވެ ކުރިއަށްދާ މީހާކަމަށް އޭނާ ވިދާޅުވިއެވެ.
" ދުނިޔަވީ ގޮތުން ޤާބިލު އަދި ރޫޙާނީ ގޮތުން ވަރުގަދަ ޖީލެއް ބިނާކުރުމެވެ. ދިވެހިރާއްޖެ ވަނީ އަވަސް ދުވެލީގައި ކުރިއަރަމުންނެވެ. މި ކުރިއެރުމާއެކު ބޭނުންވަނީ ޒަމާނީ އައު ގޮތްތަކާއި ދެމިގެންވާ އަގުތައް ހަމަހަމަކޮށްލެވޭ ލީޑަރުންނެވެ. މިފަދަ އެއްބާރުލުންތަކުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ޤައުމުގެ ފިކުރީ ބިންގާ ވަރުގަދަކުރުމަށެވެ. އަދި އީމާންކަމާއި އަޚްލާޤުން މަގުދައްކައިދޭ، ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާކުރާނެ މުދައްރިސުންނާއި، ޢިލްމުވެރިންނާއި، ލީޑަރުން ތައްޔާރުކުރުމަށެވެ.
މި ސެޝަންތަކުގައި، އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ ކަމަކީ އަގުތަކެއް ނެތް އިލްމަކުން މަގުފުރެދުމަށް މަގުފަހިވެދާނެ ކަމާއި، ހިތްހެޔޮކަމެއް ނެތް ލީޑަރޝިޕަކުން ފަސާދަ އުފެދިދާނެ ކަމެވެ. މުދައްރިސުންނާއި، ޢިލްމުވެރިންނާއި، ރައްޔިތުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ވާޖިބަކީ މި ދެކަންތައް ﷲ އަށް އަޅުކަންކުރުމާއި އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މަތިވެރި މަޤްޞަދާ އެއްގޮތަށް ބެހެއްޓުމެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓ އޮފް މެލޭޝިއާގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ ދާތޯ ޑރ.ޢުޘްމާން ބިން ބަކާރު ވިދާޅުވީ ލީޑަރުންގެ ގޮތުގައި ކުރިއަށްދާނީ އަބަދުވެސް ޢިލްމުގެ އަހުލުވެރިންކަމަށާއި ލީޑަރޝިޕްގައި ކުރިއަރައިދާން ބޭނުންވާ ފަރާތްތަކުން ތަޢުޙީދުގެ މަތީގައި ޤާއިމުވެފައިވާ ޢިލްމެއް ހޯދުން މުހިންމު ކަމަށެވެ.
ހިޔާލު