ގުރޭޑް 9 ނިމޭއިރު 40 ގަޑިއިރު މަސައްކަތުގައި ދަރިވަރުން ހޭދަކުރަންޖެހޭ ޕްރޮގްރާމެއް ޣިޔާޘުއްދީނުން ފަށައިފި

ގުރޭޑް 9 ނިމޭއިރު ކޮންމެ ދަރިވަރަކު ވެސް 40 ގަޑިއިރު މަސައްކަތުގައި ހޭދަކުރަންޖެހޭ ޕްރޮގްރާމެއް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ފަށައިފިއެވެ.

"ވޯކް އެކްސްޕީރިއަންސް" ގެ ނަމުގައި މިފަދަ ޕްރޮގްރާމެއް އެ ސްކޫލުން ފެށީ ދަރިވަރުން މަސައްކަތުގެ ތެރޭގައި އަމަލީގޮތުން ބައިވެރިވެ ތަޖުރިބާ ހޯދައިދީ ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ގޮތުންނެވެ.

ގެރިއަރ ގައިޑެންސް ޕްރޮގްރާމުގެ ތެރެއިން "ވޯކް އެކްސްޕީރިއަންސް" ޕްރޮގްރާމުގައި ބައިވެރި ކުރަނީ އެ ސްކޫލުގެ ގުރޭޑް 8އާއި 9ގެ ދަރިވަރުންނެވެ. މި ޕްރޮގްރާމް ފުރިހަމަކުރުމަށް އެ ދަރިވަރުން 4 ކުންފުންޏަކުން "ވޯކް އެކްސްޕިރިއަންސް" ހޯދަން ޖެހެއެވެ. ކޮންމެ ކުންފުންޏެއްގައި 10 ގަޑިއިރު ހަމަކޮށް މުޅިއެކު 40 ގަޑިއިރު ހަމަކުރަން ޖެހެއެވެ.

ޣިޔާޘުއްދީން ސްކޫލުން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ 13 ކުންފުންޏަކާ ގުޅިގެންނެވެ. މި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކެވެ. އެއީ:

އުރީދޫ

އޭޑީކޭ

ވިލާ ކޮލެޖު

އެސްއެޗްސީ ލޯ އެންޑް ޓެކްސް

އެމްޓީސީސީ

އެމްޑަބްލިއުއެސްސީ

މަންތާ އެއާ

ޕެންޝަން އޮފީސް

ގެޑޯ ކޮންސަލްޓިން

ޖަވާބު

ބަނޑޮސް މޯލްޑިވްސް

ފޮރިން މިނިސްޓްރީ

މޯލްޑިވްސް އިސްލާމިކް ބޭންކް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *