ޕްރިންސިޕަލުންގެ ކޮންފަރެންސަށް ތައްޔާރުވުމުގެ މަސައްކަތް ސްކޫލްތަކުން ފަށައިފި

ޕްރިންސިޕަލުންގެ ކޮންފަރެންސަށް ތައްޔާރުވުމުގެ މަސައްކަތް ސްކޫލުތަކުން ފަށައިފިއެވެ. މި ކޮންފަރެންސް ބާއްވަނީ މި މަހު 11އިން 12 އަށް ކްރެސް ރޯޑްގައެވެ.

ހުރިހާ ޕްރިންސިޕަލުން ބައިވެރިވާ މި ކޮންފަރެންސަކީ ތައުލީމީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާއި މިހާރު އަމަލުކުރަމުންދާ ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރުމުގެ ބޭނުމުގައި ބާއްވާ ކޮންފަރެންސެކެވެ.

ޝަރަފުއްދީން ސްކޫލުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލްތައް ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގައި ޓީޗަރުންގެ ހިއްސާ އިތުރު ކުރެއްވުމަށް ބާއްވާ ޕްރިންސިޕަލުންގެ ކޮންފަރެންސަށް ހުށަހެޅުމަށް ބޭނުންވާ ކަންތައްތަކާއި މެދު އެ ސްކޫލް ޓީޗަރުންގެ މެދުގައި ފުޅާދާއިރާއެއްގައި މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ. މި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ސްކޫލްތަކުގެ ކުރިއެރުމާއި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެންމެ ބޮޑަށް ޓީޗަރުންގެ އަޑު އައްސަވަން ބޭނުންވާ ފަސް ދާއިރާއިން ކަންތައްތަކެއް ފާހަގަކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ހަމަޖެހިފައިވާ ކަމަށެވެ.

ޝަރަފުއްދީން ސްކޫލުގެ އިތުރުން އެހެން ސްކޫލުތަކުން ވެސް ޕްރިންސިޕަލުންގެ ކޮންފަރެންސަށް ހުށައަޅަން ޖެހޭ ހުށައެޅުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ނިންމުންތައް ނިންމުމަށް ބައްދަލުވުންތައް ބާއްވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *