25 ސްކޫލުން ބައިވެރިވާ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި

އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް މިއަދު  މާލޭގައި ފަށައިފިއެވެ. މި  މުބާރާތުގައި މި ފަހަރު 25 ސްކޫލުން ހާހެއްހާ ދަރިވަރުން ބައިވެރިވެއެވެ.

110 އިވެންޓް ކުރިއަށް ގެންދާއިރު، މި މުބާރާތް ބަހާލާފައި ވަނީ ހަތަރު އުމުރުފުރައަކަށެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އިތުރުން 20 އަހަރުން ދަށެވެ.

އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 13 އަހަރުން ދަަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުން އެކި އިވެންޓްތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީން ޖުމްލަ 110 އިވެންޓް ކުރިޔަށް ދާނެއެވެ.

މާލޭ އެކުވެނި ޓްރެކްގައި ކުރިޔަށްދާ މި މުބާރާތް މި  މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.
މި މުބާރާތުގެ އިވެންޓް ތަކުގެ ތެރޭގައި ހިމެނެނީ، 80 މީޓަރާއި 100 މީޓަރާއި 200 މީޓަރާއި 400 މީޓަރާއި 800 މީޓަރާއި 1000 މީޓަރާއި 3000 މީޓަރުގެ އިތުރުން 5000 މީޓަރުގެ ދުވުމެވެ. ދުވުމުގެ އިތުރުން
ރިލޭއާއި ހާޑްބޯލް ތްރޯއާއި ހާޑްލްސްއާއި ހައި ޖަމްޕާއި ލޯންގް ޖަމްޕާއި ޓްރިޕްލް ޖަމްޕާއި ޝޮޓްޕުޓްއާއި ޖެވެލިންއާއި ޑިސްކަސް ތްރޯ ވެސް މި މުބާރާތުގައި ކުރިއަށް ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *