ދެވަނަ ޓާމުގެ މެދު ޗުއްޓީއަށްފަހު ސްކޫލްތަކުގައި މިއަދު ކިޔެވުން ފަށައިފިއެވެ.
ދެވަނަ ޓާމުގެ މެދުޗުއްޓީ ލިބުނީ 21 ސެޕްޓެމްބަރުން ފެށިގެން 25 ސެޕްޓެމްބަރަށެވެ.
މި އަހަރުގެ ދިރާސ ކަލަންޑަރުގައިވާ ގޮތުން 6 ޑިސެމްބަރުން 20 ޑިސެމްބަރަށް ކުރިއަށް ދާނީ ގުރޭޑް 11އާއި 12ގެ އިމްތިހާނެއެވެ. ޑިސެމްބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް ކުރިއަށް ދާނީ ގުރޭޑް 10ގެ ދަރިވަރުންގެ މޮކް އިމްތިޙާނެއެވެ. މި މުއްދަތުގައި ގުރޭޑް 9ގެ ދަރިވަރުންގެ ދެވަނަ ޓާމުގެ އިމްތިޙާނު ވެސް ކުރިއަށް ދާނެއެވެ. ގުރޭޑް 7އާއި 8ގެ ދަރިވަރުންގެ އިމްތިޙާނު ފަށާނީ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. އެ ދަރިވަރުންގެ އިމްތިހާނު ޑިސެމްބަރު މަހުގެ 20އާ ހަމައަށް ކުރިއަށް ދާނެއެވެ.
ދެވަނަ ޓާމުގެ އިމްތިހާނު ނިމި ދަރިވަރުންނަށް ރިޕޯޓް ފޮތް ދީ އަހަރީ ބޮޑުޗުއްޓީ ލިބޭނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ބޮޑުޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު