ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އާއި ށ. އަތޮޅު ސިރު ފެންފުށި ރިސޯޓާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުންނަށް ސިއްރު ފެންފުށީގެ ތަޖުރިބާކާރުންގެ ފަރާތުން މަސައްކަތުގެ އެކި ހުނަރުތައް ދަސްކޮށް، ރިސޯޓުތަކުގެ އޮޕަރޭޝަން ހިނގާ ގޮތް ކައިރިން ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
އެމްއެންޔޫއިން ބުނީ، މަސައްކަތުގެ މާހައުލުގެ ތެރެއިން ދަރިވަރުންގެ ހުނަރު ތަރައްޤީވަމުން އަންނަ ގޮތް މޮނީޓާކޮށް، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއާ ހިއްސާ ކުރާނެ ކަމަށެވެ.
ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަކީ ހޮސްޕިޓަރލިޓީ ދާއިރާއަށް މީހުން ބިނާކުރާ އެންމެ ބޮޑުމަރުކަޒެވެ.
advertisment
ހިޔާލު