ތަޖުރިބާ ދަތުރެއްގައި ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ފަރަންސޭސިވިލާތަށް ފުރައިފިއެވެ.
މިއީ ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުންތަކެއް މިފަދަ ދަތުރެއްގައި ފަރަންސޭސިވިލާތަށްދާ ފުރަތަމަ ފަހަރެވެ. މި ދަތުރުގައި ބައިވެރިވީ ބިލަބޮންގް ސްކޫލުގައި ފަރަންސޭސި ބަސް ކިޔަވަމުންދާ 10 ދަރިވަރުންނާއި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް މޯލްޑިވްސްގެ އެއް ދަރިވަރެކެވެ.

އެލަޔަންސް ފްރެންޗެއިޒާ ގުޅިގެން އިންތިޒާމް ކޮށްފައިވާ މި ދަތުރުގައި، ޕެރިހާއި ރޫއެން އަށް ޒިޔާރަތްކޮށް، ފްރަންޗް ބަހުގެ ކުލާސްތަކާއި ކެއްކުމުގެ ވޯކްޝޮޕްތަކުގައި އެ ދަރިވަރުން ބައިވެރިވާނެއެވެ. އަދި އެޤައުމުގެ ސަޤާފަތާއި މުހިންމު ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް، ފަރަންސޭސި ސަޤާފަތާއި ތަޢުލީމަށް އަހުލުވެރިވާނެއެވެ.
އެލަޔަންސް ފްރެންޗައިޒާ ގުޅިގެން ކޮންމެ އަހަރަކު ވެސް މި ދަތުރުތައް އިންތިޒާމުކޮށް، ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޖުރިބާ ހޯދުމާއި، ޘަޤާފީ ޢިލްމާއި ބަހުގެ ޤާބިލުކަން ހޯދުމުގައި އެހީތެރިވުމަކީ މަޤްޞަދެއް ކަމަށް ބިލަބޮންގް ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު