ފައިނޭންސްގެ ދާއިރާއިން އެމްއެންޔޫގެ ކައުންސިލަށް މެމްބަރަކު ހޯދަނީ

އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އެމްއެންޔޫގެ ކައުންސިލަށް މެމްބަރަކު ހޯދަން އިއުލާން ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަކީ، ޔުނިވަރސިޓީ ހިންގުމުގެ އެންމެ އިސް މަޖިލިހެވެ. މި މަޖިލީހުގައި މަތީ ތަޢުލީމާބެހޭ ވަޒީރު ޢައްޔަނުކުރާ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. މިގޮތުން، އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ކައުންސިލަށް މެންބަރަކު ބޭނުންވެފައިވާތީ، ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 7ވަނަ ދުވަހު ލިޔެކިޔުންތައް ހުށައެޅުމަށް އެމްއެންޔޫއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ފައިނޭންސް ދާއިރާގެ މެމްބަރެއްގެ ޝަރުޠުތައް:

  • އެކައުންޓިންގ އެންޑް ފައިނޭންސްގެ މެނޭޖީރިއަލް ފެންވަރުގެ ތަޖުރިބާ ލިބިފައިވުން
  • ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުގެ ސަބް ކޮމިޓީތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން
  • ވޮލަންޓަރީ މަސައްކަތުގެ ތަޖުރިބާ ހުރުން (އިސްކަންދެވޭނެ)
  • ޔުނިވަރސިޓީއަށް ނުވަތަ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔައަށް މާލީ މަންފާއެއް ކުރާ މަސައްކަތެއްކޮށްދޭ ފަރާތެއްކަމުގައި ނުވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • މުސްލިމަކު ކަމުގައިވުމާއެކު، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
  • ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި، ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން
  • ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
  • އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން

އެމްއެންޔޫގެ ކައުންސިލު މެމްބަރަކަށް އުޖޫރައެއްގެ ގޮތުގައި ކޮންމެ ޖަލްސާއަކަށް ހާޒިރުވުމުން -/1000 (އެއްހާސް) ރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެއެވެ.

އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރު ކަމަށާއި މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *