އިޤްތިޞާދަށް ކުރާ އަސަރުން ވިޔަފާރީގެ ނިންމުންތަކަށް އަސަރުކުރާ ގޮތް ދެނެގަންނަން ބޭނުންތަ؟

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގާ ބެޗެލަރ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓަކީ ދުނިޔޭގެ ފެންވަރުގައި އިޤްތިޞާދާއި ވިޔަފާރީގެ ކަންކަން ދެނެގަނެވޭ ޖެނެރަލް އަންޑަރގްރެޖުއޭޓް ޑިގްރީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރޭގައި ފުޅާގޮތެއްގައި މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް ހިމަނާފައިވާއިރު، ވަކި ޑިސިޕްލިންއެއް ނުވަތަ ޕްރޮފެޝަނަލް ދާއިރާއަކުން ސްޕެޝަލައިޒްޑް ސްޓަޑީއަކަށް ފުރުސަތު ދިނުން ހިމެނެ އެވެ. މި ޕްރޮގްރާމުގެ ސަބަބުން އިޤްތިޞާދުތަކާއި ޖަމްޢިއްޔާތައް ހިނގަމުންދާ ގޮތާއި ވަސީލަތްތައް ބެހި، މެނޭޖްކުރާ ގޮތާ ގުޅުންހުރި މުހިންމު މައްސަލަތައް ދިރާސާކުރުމަށް ދަރިވަރުންނަށް މަގުފަހިވެގެން ދެއެވެ.

އިކޮނޮމިކްސް އިން ހުރިހާ ޖަމިއްޔާތަކާއި ގައުމުތައް ހިންގާ އިގްތިސާދީ ހަރަކާތްތަކުގެ މައުލޫމާތު ފޯރުކޮށްދޭއިރު މެނޭޖްމަންޓުން އެ އޮޕަރޭޝަންގެ ސިފަތަކާއި މަގްސަދުތައް ވަޒަންކުރެއެވެ. އަދި ވަކިވަކި މާކެޓްތައް ހިނގަމުންދާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިޤްތިޞާދަށް އަސަރުކުރާ ގޮތާއި، އޭގެ ސަބަބުން ވިޔަފާރީގެ ނިންމުންތަކަށް އަސަރުކުރާ ގޮތް ދަރިވަރުންގެ ވިސްނުން މި ޕްރޮގްރާމުގެ ތެރެރެއިން އިތުރުކޮށްދެއެވެ. އަދި އެނަލިޓިކަލް ރިޒަނިން، ޑޭޓާ އެނަލިސިސް އަދި ކްރިޓިކަލް ތިންކިން ފަދަ މުހިންމު ތިއޮރިޓިކަލް އަދި ޕްރެކްޓިކަލް ހުނަރުތައް ފޯރުކޮށްދެއެވެ.

މުޅި ޕްރޮގްރާމުގައި މޮޑެލިން، ކޮމިއުނިކޭޝަން، ޓީމްވޯކް، މައްސަލަ ހައްލުކުރުމާއި ދިރާސާކުރުމުގެ ހުނަރު ތަރައްގީ ކުރުމަށް އިސްކަންދެއެވެ. މި ހުނަރުތަކަކީ ހަމައެކަނި ވިޔަފާރީގެ ދުނިޔޭގައި ނޫނީ އާންމު ދިރިއުޅުމުގައި ވެސް ކޮންމެހެން ބޭނުންތެރި ހުނަރުތަކެކެވެ. އެހެންވީމާ، މި ޕްރޮގްރާމަކީ، ކެރިއަރގެ އެކި އެކި މަގުތަކަށް ދަރިވަރުން އަހުލުވެރިކޮށްދޭ ފުރިހަމަ ކަރިކިއުލަމެއްގެ ގޮތުގައި ބަލައެވެ. މިއީ ޕްރެކްޓިކަލް އެޕްރޯޗެއް އޮންނަ އަދި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގެ ޖެނެރަލިސްޓް އިކޮނޮމިކްސް އާއި ބިޒްނަސް ޑިގްރީގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ތަނެކެވެ. މި ޑިޒައިންގެ ސަބަބުން ބެންޗްމާކިންއަށް މަގުފަހިވެ، ބައިނަލްއަގްވާމީ ޔުނިވާސިޓީތަކުގައި އިކޮނޮމިކްސް ނުވަތަ މެނޭޖްމަންޓާ ގުޅުންހުރި ދާއިރާތަކުން ޕޯސްޓްގްރެޖުއޭޓް ކިޔެވުމަށް ދަރިވަރުންނަށް ފުރުސަތު ފަހިވެގެން ދެއެވެ.

ހަ ސެމިސްޓަރގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި މައިކްރޯއިކޮނޮމިކްސްއާއި ވިޔަފާރީގެ ތަފާސް ހިސާބާއި ވިޔަފާރީގެ މުއާމަލާތް ކުރާނެ ގޮތާއި މެނޭޖްމަންޓާއި އޯގައިނައިޒޭޝަނާއި މާކެޓިންގއާއި ވިޔަފާރިއާ ގުޅުން ހުރި ގާނޫނުތައް ހިމެނެއެވެ.

މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ކެރިއަރއެއްގެ ގޮތުގައި ވިޔަފާރިއާ ގުޅުން ހުރި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އޭގެ ތެރޭގައި އިކޮނޮމިސްޓަކަށް ވުމާއި އިކޮނޮމިކް ރިސަރޗާއި ފައިނޭންޝަލް ރިސްކް އެނަލައިސަސް އާއި ބިޒްނަސް އެކައުންޓް މެނޭޖްމަންޓް ނޫނީ އެސޯސިއޭޓެޑް ކޮންސަލްޓެންޓެއްގެ ވަޒީފާ ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *