ޔުނިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ސްކޫލަށް

ޔުނިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ސްކޫލުން ހޯދައިފިއެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ޝަރަފުއްދީން ސްކޫލާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 2-4ންނެވެ.

ފޭދޫ ސްކޫލް ފައިނަލަށް ދިޔައީ ސ. އަތޮޅު މަދަރުސާއާ ވާދަކޮށް 0-2 ގެ ތަފާތަކުން މޮޅުވެގެންނެވެ. ޝަރަފުއްދީން ސްކޫލް ފައިނަލް ދިޔައީ ސެމީގައި ހިރާ ސްކޫލާ ވާދަކޮށް 0-3 ން މޮޅުވެގެންނެވެ.

މި މުބާރާތުގައި 10 ސްކޫލަކުން ވާދަކުރިއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ސްކޫލްތަކުގެ އިތުރުން ބައިވެރިވީ ގއ. ގެމަނަފުށީ ސްކޫލުންނެވެ.

މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީ ހިތަދޫ ސްކޫލުގެ މުޙައްމަދު ޤައިސަރުއެވެ. އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ. ހަތް ލަނޑު ޖަހައިގެން ދެވަނަ ފޭދޫ ސްކޫލުގެ އަޙްމަދު އަޒުޔަން ހޯދިއިރު، ތިން ވަނައަށް އެންމެ ގިނަ ލަނޑު ޖެހީ ހަތް ލަނޑުޖެހި މަރަދޫ ސްކޫލުގެ ޒައިން މުޖްތަބާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *