ޕޮޒިޓިވް ސްކޫލް ކަލްޗަރެއް ދެނެގަންނާނީ ކިހިނެއް؟

ޢަބްދްﷲ ނަޞީޙް

ސްކޫލެއްގެ ސަގާފަތަކީ އެ ސްކޫލެއްގެ ކާމިޔާބީގެ ބިންގާ ކަމުން، ދަރިވަރުންގެ ނަތީޖާއާއި، މުދައްރިސުންގެ ހިތްހަމަޖެހުމާއި، މުޖުތަމަޢުގައި ބައިވެރިވުމަށް ސީދާ ނުފޫޒު ފޯރުވައެވެ. ޕޮޒިޓިވް ސްކޫލް ކަލްޗަރަކީ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުން ގުޅިގެން ތައުލީމީ އަދި އަމިއްލަ ކުރިއެރުން ހޯދުމަށް މަސައްކަތްކުރާ ސަޕޯޓިވް މާހައުލެއް ދައްކުވައިދޭ ސަގާފަތެކެވެ. އެކަމަކު ސްކޫލެއްގެ ސަގާފަތަކީ ހަގީގަތުގައި ޕޮޒިޓިވް ސަގާފަތެއްތޯ ކަނޑައެޅޭނީ ކިހިނެއް ހެއްޔެވެ؟

ސާފު ތަޞައްވުރާއި މިޝަން

ޕޮޒިޓިވް ސްކޫލް ކަލްޗަރެއް ފެށެނީ ހުރިހާ ސްޓޭކްހޯލްޑަރުން ހިއްސާކުރާ ސާފު ތަސައްވުރަކާއި މިޝަނަކުންނެވެ. ސްކޫލެއްގެ ތަޞައްވުރު ރަނގަޅަށް ފާޅުކުރެވިއްޖެނަމަ، އެއީ މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް އެއްބައިވަންތަ މިސްރާބެއް ކަނޑައަޅާ ކަމެކެވެ. މި ތަޞައްވުރަކީ ދަރިވަރުންގެ ހޯލިސްޓިކް ޑިވެލޮޕްމަންޓަށް ފޯކަސްކޮށް، ތަޢުލީމީ ކާމިޔާބީއާއި އަމިއްލަ ހެޔޮ ދުޅަހެޔޮކަމަށް ވެސް އަގުދޭ ތަޞައްވުރެކެވެ.

ވަރުގަދަ ލީޑަރޝިޕް އަދި ރޯލް މޮޑެލިންގ

ސްކޫލް ލީޑަރޝިޕަކީ ހެޔޮ ސަގާފަތެއްގެ މައިގަނޑު އެއް ކަމެކެވެ. ޕްރިންސިޕަލުންނާއި ސްކޫލް ލީޑަރުން ތަޞައްވަރު ކަނޑައަޅަނީ ދަރިވަރުންގެ ކާމިޔާބީއަށް އިހުތިރާމާއި އެއްބާރުލުމާއި ޚިދުމަތްތެރިކަން މޮޑެލްކޮށްގެންނެވެ. އެމީހުންގެ ވަޢުދުވަނީ ހާމަކަން ބޮޑު މުވާސަލާތާއި އަދި ހާމަކަންބޮޑު ދެފުށްފެންނަ ގޮތައް ނިންމުންތައް ނިންމުމުގައި މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އިތުބާރު އުފެދި، އެންމެންނަށް އަގުހުރިކަން އިހުސާސް ކުރެވޭ އަދި އަޑުއިވޭ މާހައުލެއް އުފެދިގެންދާ ކަމެކެވެ.

ކޯލަބަރޭޓިވް އެންވަޔަރަންމަންޓް

ރަނގަޅު ސްކޫލް ސަގާފަތެއް ކުރިއަރަނީ އެއްބާރުލުން ދިނުމުންނެވެ. މުދައްރިސުންނަށް އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާއި، މަންހަޖު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ ތަރައްޤީގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރުއަޅައެވެ. ތައުލީމީ ފަރާތްތަކުން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ދަރިވަރުންނަށް އުނގެނުމުގެ މާ ޝައުގުވެރި އަދި ޑައިނަމިކް މާހައުލެއް އުފައްދަ އެވެ. މި އެއްބާރުލުން ދިނުމުގެ ރޫޙު ގިނަ ފަހަރަށް ދަރިވަރުންނަށް ފޯރާއިރު، ޓީމް ވޯކާއި ޕީއާރ ލާރނިންގ ކްލާހުގައި ޕްރޮމޯޓް ކުރެވެއެވެ.

އިންކްލޫޝަން އަދި އިޙްތިރާމްކުރުން

ހެޔޮ ސަގާފަތްތަކެއް ހުންނަ ސްކޫލްތަކުން ތަފާތުކަން ފާހަގަކޮށް، ހުރިހާ ދަރިވަރުންގެ ހުނަރާއި ޤާބިލުކަމުގެތަފާތަށް ބެލުމެއްނެތި، ހުރިހާ ދަރިވަރުން ވެސް ހިމެނޭ ކަމުގެ އިހުސާސް ކުރެވެ އެވެ. ޑިފެރެންޝިއޭޓެޑް އިންސްޓްރަކްޝަން އިން ފެށިގެން ސަގާފީ ހޭލުންތެރިކަން އިތުރުކުރާ އެކްސްޓްރާ ކަރިކިއުލަރ ޕްރޮގްރާމްތަކާ ހަމައަށް އިންކްލޫސިވް ޕްރެކްޓިސްތަކަކީ ކޮންމެ ދަރިވަރަކަށް ކުރިއަރާނެ މާހައުލެއް އުފެއްދުމަށް އެހީތެރިވެދޭ ކަންކަމެވެ. އިޙްތިރާމާއި ތަޙައްމަލުކުރުމަކީ ދުވަހުން ދުވަހަށް ކުރެވޭ މުޢާމަލާތްތަކުގެ މުހިންމު އެއްބަހާ ކަމަށްވާއިރުއިރު، އެއީ ޤަބޫލުކުރުމުގެ ސަޤާފަތެއް ކުރިއެރުވުމެވެ.

އެއްބާރުލުންދޭ މަތީ އުންމީދުތައް

ވަރުގަދަ ސްކޫލް ސަގާފަތެއް ކަނޑައެޅެނީ މަތީ ތައުލީމީ އަދި ސުލޫކީ އުންމީދުތަކާއި އެކަށީގެންވާ ސަޕޯޓަކާ ލާމެހިގެންނެވެ. މުދައްރިސުން ދަރިވަރުންނަށް ގޮންޖަހަނީ އެމީހުންގެ ފުރިހަމަ ގާބިލްކަން ހާސިލް ކުރުމަށާއި، އެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އިރުޝާދާއި ވަސީލަތްތައް ވެސް ފޯރުކޮށްދޭ ކަމެވެ. މި ބެލެންސް އުފެދެނީ ކުރިއެރުމުގެ ވިސްނުމާއި، ދަރިވަރުން ނާކާމިޔާބީއާ މެދު ބިރު ނުގަންނަ ނަމަވެސް އެއީ ކާމިޔާބީއަށް އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި ދެކިގެންނެވެ.

ދަރިވަރުންގެ ބައިވެރިވުމާއި ނިސްބަތްވުން

ހެޔޮ ސަގާފަތްތަކެއް ހުންނަ ސްކޫލްތަކުގައި ދަރިވަރުން އެމީހުންގެ އުނގެނުމާއި ސްކޫލް މުޖުތަމަޢުގައި ހީވާގި ދައުރެއް އަދާކުރެއެވެ. އެމީހުންނަކީ ނިންމުންތައް ނިންމުމުގެ ޕްރޮސެސްތަކާއި، ލީޑަރޝިޕްގެ ފުރުސަތުތަކާއި، ނިސްބަތްވާ ކަމުގެ އިހުސާސާއި ޒިންމާދާރުކަމުގެ އިހުސާސް އުފެދޭ މާއްދާއިން ބޭރުގެ ހަރަކާތްތަކުގައި ހަރަކާތްތެރިވާ ބައެކެވެ. ދަރިވަރުންނަށް ބާރުވެރިކަން އިހުސާސް ކުރެވުމުން، އެމީހުންގެ ތައުލީމީ އަދި އިޖުތިމާއީ ކާމިޔާބީއަށް އިތުރަށް އިންވެސްޓް ކުރެވެއެވެ.

މެދުނުކެނޑި ކުރިއެރުން ހޯދުން

ޕޮޒިޓިވް ސްކޫލް ސަގާފަތެއް އޮންނަ ސްކޫލުތަކުގައި ތާށިކަމެއްނެތި އޮމާންކަމާއެކު މެދުނުކެނޑި ކުރިއެރުން ހޯދުމަށް ވައުދުވުމެވެ. ސްކޫލްތަކުން ގަވާއިދުން އެމީހުންގެ އަމަލުތަކާ މެދު ވިސްނާ، ހުރިހާ ސްޓޭކްހޯލްޑަރުންގެ ފަރާތުން ފީޑްބެކް ހޯދައި، ދަރިވަރުންގެ ބޭނުންތައް ފުއްދައިދޭކަން ޔަގީން ކުރުމަށް އެޑްޖަސްޓްމަންޓްތައް ހަދައެވެ. ޓީޗަރުންނާއި މުވައްޒަފުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކުރިއަށްދާއިރު، ސްކޫލް އަބަދުވެސް ތަރައްގީވަމުން އަންނަކަން ކަށަވަރުކޮށްދީ، އާ ގޮންޖެހުންތަކަށް އެޑެޕްޓްވަމުންދާކަން ކަށަވަރުކޮށްދެ އެވެ.

އެއްބާރުލުންދޭ ގުޅުންތެރިކަން

ޕޮޒިޓިވް ސްކޫލް ސަގާފަތެއްގެ މައިގަނޑުގައި ހިމެނެނީ ވަރުގަދަ، އެއްބާރުލުންދޭ ގުޅުންތަކެކެވެ. މުދައްރިސުން ދަރިވަރުންނާ އެކު މާނަހުރި ގުޅުންތައް ބިނާކުރަނީ، އެމީހުންގެ ފަރުދީ ބޭނުންތަކާއި އުންމީދުތަކަށް ވިސްނައިގެންނެވެ. ބެލެނިވެރިންނަކީ ތައުލީމީ މަރުހަލާގައި ބައިވެރިންގެ ގޮތުގައި ދެކޭއިރު، އެމީހުންގެ ބައިވެރިވުމަށް ހީވާގިކަމާއެކު ހިތްވަރު ދެއެވެ. މުވައްޒަފުންނާއި ދަރިވަރުންނާއި އާއިލާތަކުގެ މެދުގައި ހކުރެވޭ ހެޔޮ މުއާމަލާތްތަކުގެ ސަބަބުން އެންމެންނަށް ވެސް ގުޅިފައިވާ ކަމާއި ތާއީދު ލިބިފައިވާ ކަމުގެ އިހުސާސް ކުރެވޭ ތަރުބިއްޔަތު ކުރާ މާހައުލެއް އުފެދެ އެވެ.

ނިންމުން

ރަނގަޅު ސްކޫލް ސަގާފަތެއް ދެނެގަތުމުގައި ޓެސްޓް ނަތީޖާތަކާއި ތައުލީމީ ކާމިޔާބީތަކުން ވެސް މާ ދުރަށް ބަލާލުން ހިމެނެ އެވެ. އެއީ ދަރިވަރުންނާއި މުވައްޒަފުންނާއި މުޖުތަމަޢު މުޢާމަލާތުކުރާ ގޮތާއި، ކޯޅުންތައް ހައްލުވާ ގޮތާއި، ދުވަހުން ދުވަހަށް ކުރާ ޢަމަލުތަކުން ސްކޫލުގެ ތަޞައްވުރު ފެންނަ ގޮތް ބެލުމެވެ. ޕޮޒިޓިވް ސްކޫލް ކަލްޗަރަކީ ދަރިވަރުން ހަމައެކަނި ތައުލީމީ ގޮތުން މޮޅުވަމުން އަންނަ ސަގާފަތެއް ނޫނެވެ. އެއީ އިތުބާރު ހުރި، ޒިންމާދާރު، އަދި އޯގާތެރި ފަރުދުން ކުރިއަރަމުންދާ ސަގާފަތެކެވެ. މިފަދަ ސްކޫލެއްގައި ކޮންމެ ފަރުދަކުވެސް – ދަރިވަރަކު ވިޔަސް، މުދައްރިސެއް ވިޔަސް، ނުވަތަ ބެލެނިވެރިޔަކު ވިޔަސް- ސްކޫލުން ކާމިޔާބީއާ ދިމާއަށް ކުރާ ދަތުރުގެ މުހިންމު ބައެއްގެ ގޮތުގައި އިހުސާސް ކުރެވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *