ނާއިޝް: ތަޢުލީމީ ޙަޔާތުން ކިޔައިދެނީ، ކިޔަވާ ކޮންމެ ކުއްޖަކު ވެސް ސަމާލުކަން ދޭންވީ ކަންތައްތައް

2020-2021 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުން ޤައުމީ ގަދަ ދިހަ އެއްގެ އެއްވަނަ ހޯދި އާދަމް ނާއިޝް ނަސީމަކީ އެ އަހަރު އަޙްމަދިއްޔާ އިންޓަރނޭޝާނަލް ސްކޫލުގެ ސާނަވީން އެންމެ މޮޅު ދަރިވަރެވެ. މަތީ ސާނަވީއާ ނާއިޝް ކުރިމަތިލީ، ސާނަވީގައި ހޯދި ވަނަތަށް ފަށްފަށް ކުރުމުގެ އަޒުމުގައެވެ. އެ ޖޯޝުގައެވެ. ބިޒްނަސް ސްޓްރީމަށް ކިޔެވި ނާއިޝް މަތީ ސާނަވީ ނިންމާލީ، ހައި އެޗީވާސް އެވޯޑް ހޯދުމާއެކު އަޙްމަދިއްޔާ ސްކޫލުގެ އެންމެ މޮޅު ދެވަނަ ދަރިވަރުގެ ގޮތުގައެވެ.

މަތީ ސާނަވީ އިމްތިޙާނުން ނާއިޝް އަށް ތިން އޭ ސްޓާރއާއި ދެ އޭ ލިބުނެވެ. އޭ ލިބުނީ ހިސާބާއި ބިޒްނަސްއިންނެވެ.

ނާއިޝް ބުނީ، އެއްވަނަ ހޯދަން ހިތްވަރާއެކު މަސައްކަތް ކުރި ނަމަވެސް ހިސާބާއި ބިޒްނަސްއިން އޭ ސްޓަރ ނުލިބުނީ، އެ ދެ މާއްދާގެ އިމްތިހާނުގައި ހެނދުނު ވަރަށް އާދައިގެ މިސްޓޭކަކުން ކަމަށާއި އެއީ ކުރިއަށް އޮތް އިމްތިޙާނު ތަކަށް ތައްޔާރު ވުމަށް ލިބުނު ފިލާވަޅެއް ކަމަށެވެ. އަދި އެއީ ކޮންމެ ކިޔަވާ ކުއްޖަކަށް ވެސް ދިމާވެދާނެ ހާލަތެއް ކަމަށާއި އެފަދަ ހާލަތަކަށް ތައްޔާރު ވާން ވެސް ޖެހޭ ކަމަށެވެ.

" ބިޒްނަސްގައި ސުވާލު އައި ގޮތުން އޮޅުމެއް އެރީ. ހިސާބު ޓެސްޓްގައި ޓައިމް މެނޭޖް ނުކުރެވުނީ" އެ ދެ މާއްދާގެ އިމްތިޙާނުތަކުގައި ދިމާވި ކަންތައްތައް ނާއިޝް ކުރުކޮށް ކިޔައިދިނެވެ.

މަތީ ސާނަވީ އިމްތިޙާނުން އެކައުންޓިންގ ދުނިޔެއިން ދެ ވަނަ ނާއިޝްއަށް ލިބުނެވެ.

ނާއިޝް ބުނީ، ހިސާބު މާއްދާ، އަބަދު ވެސް އޭނާއަށް އުނދަގޫ ކަމަށާއި މަތީ ސާނަވީގައި ދެ ޓީޗަރެއްގެ ކައިރިން ޓިއުޝަން ވެސް ނެގި ކަމަށެވެ.

ދިވެހި ސަރުކާރުން ދެއްވާ ހައި އެޗީވާސް އެވޯރޑް 2023 ހާސިލްކޮށް ޔުނިވަރސިޓީ ތަޢުލީމް އުގެނުމަށް މިހާރު އިގިރޭސިވިލާތައް ފުރުމަށް ދަތުރަށް ތައްޔާރުފައިވާ ނާއިޝްއަކީ ކިޔެވުމާއި އެއްވަރަށް އިތުރު ހަރަކާއި ސްކޫލްގެ އެންމެހާ ހަރަކާތްތަކެއްގައި ނަމޫނާ ދަރިވަރެކެވެ. ނާއިޝް ސެކެންޑްރީ ވައިސް ކެޕްޓަން އަދި ހަޔަރ ސެކެންޑްރީ އަހްމަދިއްޔާ ކެޕްޓަނެވެ.

ނާއިޝްގެ ކާމިޔާބީ ރަމްޒްކޮށްދޭ ހަރުގަނޑުގައި އެހާމެ ގިނައަދަދަކަށް އިތުރު ހަރަކާތުގެ ޓްރޮފީއާއި ޝީލްޑާއި މެޑަލް އެކުލެވެއެވެ. އެގޮތުން އެންމެ ކުރީގެ ޓްރޮފީއަކަށް ހުރީ 2011 ވަނަ އަހަރުގެ ނާއިޝްގެ ޢުމުރުން ހަ އަހަރުގައި ލިބިފައިވާ " ކެލާ ޔޫތު ފޯރަމް" ޤުރުއާން މުބާރާތުގެ ޓްރޮފީއެވެ. އެ ދުވަހުން ފެށިގެން ނާއިޝް ވެފައިވަނީ ކެލާ ޔޫތު ފޯރަމްގެ މުބާރާތްތަކާއި ނާއިޝްގެ އެއިރުގެ ސްކޫލް ކަމުގައިވާ ޝައިޚް އިބްރާހީމް ސްކޫލްގެ މުބާރާތްތަކާއި އަދި ނާއިޝްގެ އުފަންރަށް ކެލާ ކައުންސިލްގެ މުބާރާތް ތަކުގެ އިތުރުން ނާއިޝް ނިސްބަތްވާ ބޮޑު ތިލަދުންމަތީގެ ދަރިވަރުންނަށް ޚާއްޞަކުރެވޭ މުބާރާތްތަކުގެ އެންމެ ފަޚްރުވެރި އެންމެ ކާމިޔާބު އެއް ނަމުގެ ގޮތުގައެވެ. މިއިން ކޮންމެ މުއައްސަސާއެއްގެ އެތައް މުބާރާތެއްގެ ފަޚްރުވެރި އެއް ވަނަ ނާއިޝްވަނީ އެތައް ފަހަރަކު ހާސިލްކޮށްފައެވެ. އަދި ރާއްޖޭގެ ޤައުމީ ޤުރުއާން މުބާރާތުގައި ހއ. ކެލާ އަދި ހއ.އަތޮޅު ނާއިޝް ތަމްޞީލްކޮށްފައިވަނީ އެއް ފަހަރަށްވުރެ ގިނަފަހަރުއެވެ. ހަމައެހެންމެ ނާއިޝް ނަސީމް ވެފައިވަނީ މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި "އަލިގަދަތަރި ޖޫނިއާރ" ޤުރުއާން މުބާރާތުގެ ފައިނަލް ރައުންޑްގައި ވާދަކުރުމުގެ އިތުރުން މާލޭގައި ދަރިވަރުންނަށް އަމާޒުކުރެވޭ އެތައް މުބާރާތެއްގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުންނާއި އަމިއްލަގޮތުން ވާދަކޮށް ފަޚްރުވެރި އެތަކެއް ކާމިޔާބީތައް ހޯދާފައެވެ.

ނާއިޝް އަށް ކިޔަވައިދެއްވި ޓީޗަރުންނާއި އިތުރު ހަރަކާތުގައި އުޅުއްވި ޓީޗަރުންނާއި ކޯޗުންގެ ތެރެއިން މިރިޕޯރޓަށްޓަކައި ސުވާލުކުރި ފަރާތްތަކުގެ ނަޒަރުގައި ނާއިޝްއަކީ ކުއްޖަކު ކަންކަން ކާމިޔާބުކުރުމަށް ކުރާނެ ހުރިހާ މަސައްކަތެއް ކޮންމެ ކަމެއްގައިވެސް ކުރާ ކުއްޖެކެވެ. އެގޮތުން ނާއިޝްގެ ތަޢުލީމީ ޙަޔާތުގެ ހުރިހާ ޢުމުރު ފުރައެއްގައި ނުވަތަ ހުރިހާ މަރުހަލާއެއްގައިވެސް ކިޔެވުމުގެ އިތުރުން ބައިވެރިވި އެންމެ ވާދަވެރި މުބާރާތްތަކާއި ހަރަކާތްތަކަކީ ކީރިތި ޤުރުއާން މުބާރާތްތަކާއި ޗެސް މުބާރާތްތަކާއި މަދަޙަ މުބާރާތްތަކާއި ކެރަމް މުބާރާތްތަކާއި ބާސްކެޓް މުބާރާތްތަކާއި ސްކޫލްބޭންޑްގެ ހަރަކާތްތަކާއި އަދަބީ ކްއިޒްތަކާއި އިސްލާމީ ކްއިޒް މުބާރާތްތަކާއި އަދަބީ މުބާރާތްތަކާއި ސްޓޭޖު ޕާރފޯމަންސާއި އެކިއެކި ފޯރަމްތަކާއި ގުޅިގެން ނާއިޝްއަށް ލިބިފައިވާ ކާމިޔާބީތަކުގެ ރަމްޒު ނާއިޝްގެ ޓްރޮފީ ހަރުގަޑުގައި ވިދަވިދާ އެބަހުއްޓެވެ.

ނާއިޝްގެ ބައްޕަ އަޙްމަދު ނަސީމް ބުނި ގޮތުގައި މިހުރިހާ ޓްރޮފީއާއި ޝީލްޑާއި މެޑަލްއަށްވުރެ ނާޢިޝްއަށް ޚާއްޞަވަނީ އޭނާއަށް ސްކޫލްއަށް ކޮށްދެވޭ ޚިދުމަތެވެ. އަބަދު ވެސް އުންމީދަކަށްވެފައި ވަނީ ކޮންމެ ވަގުތަކުވެސް ސްކޫލުން އެދޭ ކޮންމެ ކަމެއް އެންމެ އަވަހަށް އެހާމެ ފަރުވާތެރިކަމާއިއެކު އެންމެ ފުރިހަމައަށް ކުރުމެވެ. އެގޮތުން ނާއިޝްގެ ފަރާތުން ސްކޫލުން އެދުނު ކޮންމެ ކަމެއްކުރުމުގެ އިތުރުން ކޮންމެ ހަރަކާތެއްގައި ނާއިޝްވަނީ ބައިވެރިވެފަކަން ނަސީމް ފާހަގަކުރިއެވެ.

ނާއިޝް މިހާރު ދަނީ މަތީ ތަޢުލީމްގެ މަރުހަލާއަށް އިގިރޭސިވިލާތައް ފުރަން ތައްޔާރު ވަމުންނެވެ. އެއީ އާއިލާއަށް ކިހާ އުދަގޫ ނިންމުމެއްތޯ އެހުމުން ނާއިޝްގެ ބައްޕަގެ ޖަވާބަކީ " އަޅުގަނޑުމެންނާއި ވަކިން މުޅި ޢުމުރުގައިވެސް ނާއިޝް އަދި ދިރިއުޅެފައެއްނުވޭ. މާތްﷲ ގެ މިންވަރުފުޅުން މިއަދާއި ހަމައަށްވެސް އަޅުގަނޑުމެންގެ ދަރިފުޅަކީ އާއިލާއަކުން ބޭނުންވާނެ ހުރިހާކަމެއް އެންމެ ފުރިހަމައަށް ކުރިކުއްޖެއް. ފިލާވަޅުހަދަން ނުވަތަ ދަސްކުރަން އަދި އިތުރު ހަރަކާތުގެ ކަމެއްގައި އާއިލާއިން ބުނަންޖެހިފައެއް ނުވޭ. ވީމާ ނާއިޝްއާއިއެކު ނާއިޝްގެ އާއިލާ އަބަދުވެސް ހިތްވަރުކުރާނެ، އެހެނަސް ޙަޤީޤަތަކީ ނާއިޝްއާއި އާއިލާއަށްވެސް އެންމެ އުދަގޫ ނިންމުންއެއީ. އެހެނަސް މާތްﷲގެ ވާގިފުޅާއިއެކު ނާއިޝް އެމަރުޙަލާވެސް ފުރިހަމަކޮށް އަޅުގަނޑުމެންގެ ދުޢާއަކީ ދަރިފުޅުގެ އުންމީދު ތަކުގައި ވަރަށްފުރިހަމައަށް ކުޖެހި ޖަރީވުން."

އާދަމް ނާއިޝް ނަސީމްއަކީ ސްކޫލްގެ މާހަޢުލާއި އިތުރު ހަރަކާތުގައި އަދި ސްކޫލް ތަމްސލްކުރި އެންމެހާ ހަފްލާތަކާއި ޖަލްސާ އަދި ސެމިނަރ ވޯރްކް ޝޮޕްގައިވެސް ހުރިހާ ގޮތަކުންވެސް ލީޑަރޝިޕް ސްކީލްހުރި އެހެންކުދީން ނަމޫނާ އަކަށް ބަލަން ޖެހޭ ކުއްޖެއްކަމަށް މިނޫހުން ސުވާލުކުރި ނާއިޝްގެ ޓީޗަރުން ވަނީ ވިދާޅުވެފައެވެ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *