ޚާއްޞަ މާއްދާތައް އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔަަވައިދޭނެ މުދައްރިސުން ނުލިބޭތީ، އެފަދަ މާއްދާތައް ކިޔަވައިދޭން ރަށްރަށަށް ދާ މުދައްރިސުންނަށް ޚާއްޞަ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދިރާސީ އާ އަހަރުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ ޚާއްޞަ މާއްދާތައް ކިޔަވައިދޭ މުދައްރިސުން ރަށްރަަށަށް ދާނަމަ އެ ދާ މުދައްރިސަކަށް އެލަވަންސެއް ހަމަޖެއްސުމުގެ ހުއްދަ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު ދެއްވާފައިވާ ކަމަށެވެ.
ޚާއްޞަ މާއްދާތައް ކިޔަވައިދޭ މުދައްރިސުންގެ ދަތިކަން އަތޮޅުތަކަށް ކުރިމަތިވެފައިވާއިރު، ޤުއުއާން މާއްދާ ކިޔަވައިދޭނެ ބިދޭސީ މުދައްރިސުން މިދިޔަ އަހަރު އިންޑިޔާއިން ވަނީ ގެނެސްފައެވެ. މިނިސްޓަރު ވިދާޅުވީ މާލޭގައި ޤުރުއާން މާއްދާ ކިޔަވައިދޭނެ މުދައްރިސުން ގިނަ ކަމަށާއި، އެތައް ފަހަރަކު އިއުލާންކުރި ނަަމަަވެސް ކުދި ރަށްތަކަށް ދާނެ މުދައްރިސުން ނުލިބޭ ކަަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޤުރުއާން ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް އިސްލާމިކް ޔުނިވާސިޓީއާއި ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި ފުރުތަމަ ބުރުގައިވެސް 200 މުދައްރިސުން ތަމްރީނު ކުރުމަކީ އަމާޒެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ކުރިއަށް އޮތް ދިހަ އަހަރަށް އަމާޒުކޮށްގެން ކަމަށެވެ.
advertisment
ހިޔާލު