ކެންސަލް ކުރި އޭލެވެލްގައި ބައިވެރިވި ދަރިވަރުންނަށް ގޮތެއް ނިންމަން ހަފްތާއެއްގެ މުއްދަތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގުރޭޑް 12ގައި ކިޔަވާ ދަރިވަރުންގެ ތެރެެއިން މެއި /ޖޫންގައި ޓީޗަރސް ބޭސްޑް އެސެސްމެންޓް މެދުވެރިކޮށް ފެންވަރުބެލި ދަސްވެނިވާން އެދޭ ދަރިވަރުންނާއި އަންނަ އޮކްޓޯބަރު/ ނޮވެމްބަރުމަހުގައި ބާއްވާ އޭލެވެލް އިމްތިޚާނުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް ގޮތެއް ނިންމުމަށް އެކަށީގެންވާ މައުލޫމާތާއެކު އެއް ހަފުތާގެ މުއްދަތެއް ދެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ހަފުތާގެތެރޭގައި އެކަމާ ގުޅުން ހުރި މައުލޫމާތުތަކުެގ ތަފްޞީލު ސްކޫލްތައް މެދުވެރިކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށާ ޙިއްޞާ ކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މެއި ޖޫންގައި ބާއްވަން އޮތް އިންތިޚާން ރާއްޖެއިން ކެންސަލް ކުރީ އެޑެކްސެލްގެ އޭލެވެލްގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެންނެވެ.
advertisment
ހިޔާލު