ސްކޫލްތަކަށް ކުދިން ވަންދަން ހުޅުވާލާ، މާލޭގެ ސްލޫލްތަކުން ޖާގަހޯދަން އެދުނު ފަރާތްތަކަށް އަންނަ ހަފްތާއިން ފެށިގެން ޖަވާބުދެމުން ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ނޫސްވެރިންނާ ބައްދަލުކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު އަންނަ އޮގަސްޓް މަހުގެ ދިހަ ވަނަ ދުވަހު ފަށާއިރު، ގުރޭޑް އެކަަކަށް ކުދިން ވެއްދުމުގެ މަސައްކަތް ސްކޫލްތަކުން ފަށާފައިވާ ކަަމަށާއި، މާލޭގެ ސްކޫލްތަކުން ޖާގަ ހޯދަން އެދިފައިވާ ބެލެނިވެރިންނަށް ޖޫން މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޖަވާބު ދެމުން ގެންދާނެ ކަމަށެވެ.
މާލެ ފިޔަވައި، ސަރުކާރުގެ ހުރިހާ ސްކޫލަތަކެއްގެ އެލްކޭޖީއާއި ޔޫކޭޖީގެ އިތުރުން ގުރޭޑް އެކަކަށް ވަންނަން ބޭނުންވާ ދަރިވަރުނަށް އެ ފުރުޞަތު ދަނީ ހުޅުވާލަމުންނެވެ. ބައެއް ސްކޫލްތަކުން މިހާރު އެފުރުޞަތު ހުޅުވާލާފައިވާއިރު، އަނެއްބައި ސްކޫލްތަކުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދާ ދިރާސީއަހަރު ނިމޭނީ ޖޫން 24ގައި ކަމަށާއި، އެދުވަހަށް ސްލޫލްތަކަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
" އުއްމީދު ކުރަނީ ސްކޫލްތައް ބަންދުކުރާއިރު، ހުރިހާ ދަރިވަރުންނަށް ފޮތްތައް ލިބިފައި ހުންނާނެ ކަމަށް" މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވިއެވެ.
advertisment
ހިޔާލު