ޝަރަފުއްދީން ސްކޫލްގައި 18 ކުލާސްރޫމް އިމާރާތް ކުރަން އިނޯކާއަށް

ޝަރަފުއްދީން ސްކޫލްގައި 18 ކުލާސްރޫމް އިމާރާތް ކުރަން އިނޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގައި އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ ޕްރޮކިޔުމަންޓް މެނޭޖަރ މުހައްމަދު ހަމްދޫނެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ.
18 ކުލާސްރޫމް އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ 11.6 މިލިއަން ރުފިޔާއަށެވެ.

ޕީއެސްއައިޕީގެ ދަށުން މިއަހަރު އިމާރާތްކުރާ މި ކުލާސްރޫމްތައް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައި މިމަސައްކަތް މުޅިން ނިމި ކުލާސްރޫމްތައް ބޭނުން ކުރެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *